ރާއްޖެ ސުޕަ ލީގުގެ ޗެންޕިއަން މާބައިދޫ-- ފޮޓޯ/ ވަން ސްޕޯޓްސް
ކުޅިވަރު
13 Jan 2026 | 12:02
ރާއްޖެ ސުޕާ ލީގުގެ ޗެމްޕިއަން އަކަށް މާބައިދޫ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފުރަތަމަ ފަހަރަށް ބޭއްވި ރާއްޖެ ސުޕާ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން ހޯދީ، ލ. ގަމުގެ މައްޗަށް ފައިނަލް މެޗުގައި 2-3 ސެޓުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ކާމިޔާބުކުރީ ގަމުންނެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު 2 ވަނަ ސެޓު 17-25 އިން ގެންދިޔައީ މާބައިދޫއިންނެވެ. މެޗުގެ ތިންވަނަ ސެޓު، ގަމުން ކާމިޔާބުކުރީ 20-25 އިންނެވެ. އެއްށަފަހު މެޗުގެ ހަތަރުވަނަ ސެޓުގައި  ގަމުން ބޮޑު ލީޑެއްގައި އޮއްވައި ފަހަތުން އަރައި މާބައިދޫއިން ކާމިޔާބުކުރީ 24-26 އިންނެވެ. މިއާއެކު ޖެހުނީ ނަތީޖާ ނެރުމަށް ޓައިބްރޭކާ ސެޓެއް ކުޅޭށެވެ. މި ސެޓުގައިވެސް ވާދަވެރި ކުޅުމެއް ކުޅުމަށްފަހު މި ސެޓު މާބައިދޫއިން ގެންދިޔައީ 10-15 އިންނެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ އައިމިނަތު އަރީޝާއެވެ.

އައިމިނަތު އަރީޝާ-- ފޮޓޯ/ އެސްއެސްޓީވީ

މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން އަދި ރަނަރަޕްކަން ގަމުން ހޯދިއިރު ތިންވަނަ މަގާމު ހޯދީ ހުރާއެވެ. ހަތަރުވަނަ ލިބުނީ ށ. ފުނަދޫއަށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ 8 ޓީމެވެ. އެއީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި އަދި އައްޑޫ ސިޓީގެ އިތުރުން ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.