މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ.... ފޮޓޯ/ވޮއިސް
ހަބަރު
13 Jan 2026 | 13:59
މިދިޔަ މަހު އެކަނިވެސް 27،000 އަށް ވުރެ ގިނަ އުޅަނދު ބަލާފާސްކުރި

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ މަހު އެކަނިވެސް 27،000 އަށް ވުރެ ގިނަ އުޅަނދު ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ ޑިސެންބަރު މަހު ދެ ފުރޮޅުލީ 12782 އުޅަނދާއި، 14404 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނޭނެހެން ޖުމުލަ 27186 އުޅަނދު ބަލާފާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ މިދިޔަ މަހު ދެ ފުރޮޅުލީ 5،765 އުޅަނދު އަދި ހަތަރު ފުރޮޅުލީ 6،659 އުޅަނދު ޗެކުކޮށްފައިވާ ކަމަށެވެ. އަދި ދެ ފުރޮޅުލީ 5،037 އުޅަނދާއި، ހަތަރު ފުރޮޅުލީ 5،833 އުޅަނދު ހިމެނޭނެހެން، ޖުމުލަ 10،870 އުޅަނދަށް ނަސޭހަތްތެރިވެފައިވާއިރު ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 728 އުޅަނދަކާއި، ހަތަރު ފުރޮޅުލީ 826 އުޅަނދު ވީހެން، ޖުމުލަ 1،554 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 27 އުޅަނދަކާއި، އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވައިގެން ދެ ފުރޮޅުލީ 241 އުޅަނދާއި، ހަތަރު ފުރޮޅުލީ 20 އުޅަނދު ހިމެނޭނެހެން 260 އުޅަނދު ހުއްޓުވާފައިވެއެވެ.  އަދި ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ދެ ފުރޮޅުލީ 323 އުޅަނދާއި، ހަތަރު ފުރޮޅުލީ 360 އުޅަނދު ހިމެނޭހެން ޖުމްލަ 683 އުޅަނދު ވަނީ ޓޯރކޮށްފައެވެ.

މީގެއިތުރުން ފުލުހުން ބުނީ، ޕާކިންގ ވައިލޭޝަންއާ ގުޅިގެން ޖުމްލަ 1367 އުޅަނދު ޓޯރކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ދެ ފުރޮޅުލީ 661 އުޅަނދާއި، ހަތަރު ފުރޮޅުލީ 706 އުޅަނދު ހިމެނެއެވެ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހިދުމަތުން އަންނަނި މުހިންމު އެތައް މަސައްކަތްތަކެއް ވަރަށް ހާއްސަ ސަމާލުކަމެއް ދިގެން ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރަނގަލުކޮށްލާގެ ނަމުގައިވެސް ފުލުހުންވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.