އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން -- ފޮޓޯ/ އޭޕީ ނިއުސް
ދުނިޔެ
14 Jan 2026 | 09:32
އީރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން މަރު

އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ، ކުރަމުންދާ މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މިހާތަނަށް 2571  މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

އީރާންގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މަރުތަކުގެ ފަހަތުގައި ތިބީ، މުޒާހަރާކުރުމުގެ ނިވަލަށް ވަދެ، މުޒާހަރާގެ ބައިވެރިންނަށާއި ސަލާމަތީ ބާރުތަކަށް ޙަމަލާދެމުންދާ ނިރުބަވެރި ބައެކެވެ. އެހެންކަމުން މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މުވައްޒަފުންވެސް ލިމެނެއެވެ. 

މިދިޔަ މަހުގެ ފަހުކޮޅު އީރާނުގައި ފަށައިފައިވާ މި މުޒާހަރާ އަކީ އެގައުމުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެ ކަމާ ދެކޮޅަށް ރައްޔިތުން ކުރަމުން އަންނަ މުޒާހަރާއެކެވެ. މި މުޒާހަރާތައް މިހާރު ވަނީ އެގައުމުގެ އެކި ސަރަޙައްދުތަކަށް ފެތުރިފައެވެ. މިއާއިއެކު އެގައުމުގެ ބޮޑު ސަރަހައްދަކުން އިންޓަނެޓުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާންގެ މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، ތަކުރާރުކޮށް ދެއްވަމުންނެވެ. މިގޮތުން، ޓްރަމްޕް އިއްޔެ ވަނީ އީރާނާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާއަށް ބޭރުކުރާ މުދަލުން 25 ޕަސެންޓުގެ ޑިޔުޓީއެއް ވެސް ނަގަން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި