މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބެހެއްޓުން --
ހަބަރު
14 Jan 2026 | 10:10
މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބަހައްޓަައިފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާ ޖަމިއްޔާ އާއި ހަައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ދަތުރުދުޢާ ލިޔެފައިވާ ބޯޑެެއް ބަހައްޓައިފި އެވެ.

މި ބޯޑް ބަހައްޓާފައި ވަނީ ހައިވޭއަށް އަރާ ހިސާބުގަ އެވެ.

މަަންފާގެ ޖެނެރަލް ސެކެޓްރީ އަލީ މުޢީން ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު ބޯޑްތައް ބެހެއްޓުމަށް ރާވާފައިވާ ކަަމަށެވެ. އެ މަަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބެހެއްޓުން --

މީގެ އިތުރުން އެ ޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މިފަދަ ބޯޑްތައް ބެހެއްޓުން ކަމަށް ވެސް އަލީ މުޢީން ވިދާޅުވި އެވެ.

މަންފާ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން ގެންދަނީ މުޅި ރާއްްޖޭގައި ތަފާތު އެކި ދީނީ ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ހާއްސަކޮށް ދަރުސްތަކާއި ފޯރަމްތައް ބޭއްވުން ހިމެނެ އެވެ. 

މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބެހެއްޓުން --

ތަފާތު އެކި މެސެޖުތައް ހިމެނޭ ގޮތަށް ޒަމާނީ ވައްޓަފާޅިއަށް ވީޑިއޯތައް ތައްޔާާރުކޮށްގެން ގެނެސް ދިނުމާއި ތަފާތު އެކި ވޯކްޝޮޕްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕާއި އަޤީދާ ވޯކްޝޮޕަކީ ފާހަގަކޮށްލެވޭ ދެ ޕްރަގްރާމެވެ.

ވަރަށް ގިނަ ރަށްރަށުން އެ ހަަރަކާތްތައް ބާއްވައިދޭން މަންފާގައި އެދެ އެވެ. އެ ޖަމިއްޔާ އިން ދަނީ ކޮންމެ ހަފްތާ ބަންދަކު އަތޮޅުތެރެއަށް ދަތުރުކޮށް މިފަދަ އެކި ޕްރަގްރާމްތައް ހިންގަމުންނެވެ.

މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބެހެއްޓުން --

އަލީ މުޢީން ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރު ވެސް އެ ޖަމިއްޔާއިން އެ ހަރަކާތްތަކާއި އިތުރު ބައެއް ހަރަކާތްތައް މާލެއާ މުޅި ރާއްޖޭގައި ހިންގަން ވަނީ ނިންމާފަ އެވެ. އަދި ދައުވަތު ލިބިފައިވާ ވީހާވެސް ގިނަ ރަށްރަށަށް މަންފާގެ ޓީމުތަކުން ޒިޔާރަތްްކޮށް ދީނީ އެކި ޕްރަގްރާމްތައް ހިންގާނެ ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ