"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓްގެ ތެރެއިން.. ފޮޓޯ: އިންޑިއާ ހައިކޮމިޝަން
ހަބަރު
14 Jan 2026 | 15:30
އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" ގެ ކާޓަން ރެއިޒަރ އިވެންޓް މާލޭގައި ބާއްވައިފި

އަންނަ ފެބުރުއަރީ މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ކާޓަން ރެއިޒަރ" އިވެންޓެއް، މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޑރ. މުޙައްމަދު ކިނާނަތެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޓެކްނޮލޮޖީގެ މާހިރުންނާއި، ވިޔަފާރިވެރިން ބައިވެރިވިއެވެ.

ފެބުރުއަރީ 16 އިން 20 އަށް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ އާޓިފިޝަލް އިންޓެލިޖެންސް ޒިންމާދާރުކަމާއެކު، ހަމަހަމަކަމާއި އަދި ސުލޫކީ މިންގަނޑުތަކުގެ ތެރެއިން ކުރިއެރުވުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރު ހާމަކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ވޯކިންގ ގްރޫޕްގެ ބައްދަލުވުންތަކުގައި ރާއްޖެއިން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭއައިގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ "ނެޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޝަން - މޯލްޑިވްސް 2.0" އަދި އޭއައި ރެޑިނަސް އެސެސްމަންޓް މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ

އިންޑިއާގެ ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާ، ތަޢުލީމު، އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އޭއައި ބޭނުންކުރެވިދާނެ ގޮތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.