ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
15 Jan 2026 | 08:07
ޓްރަމްޕް މިހާރު ބުނަނީ އީރާނުގައި މީހުން މެރުން ހުއްޓާލައިފި ކަމަށް

އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިން މެރުން ހުއްޓާލާފައިވާ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރައީސް ޓްރަމްޕް ބުނީ، އިރާނުގެ "ވަރަށް މުހިންމު މަސްދަރުތަކަކުން" މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން މެރުން މިހާރު ވަނީ ހުއްޓާލާފައެވެ.

އަދި މަރުގެ އަދަބު ދިނުމަށް ރާވާފައިވާ ކަންކަން ވެސް މަޑުޖައްސާލާފައިވާ ކަމަށް ޓްރަމްޕް ފާހަގަކުރިއެވެ. މިއީ އިރާނަށް ހަމަލާދޭނެ ކަމަށް ބުނެ ކުރިން ދިން އިންޒާރުތަކަށް ފަހު، ޓްރަމްޕްގެ ރޫހު ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާ ކަމުގެ ނިޝާނެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި މައުޟޫއުގައި ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ދަންޖެއްސުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން މުޅި ގައުމަށް ފެތުރިފައިވާ ހަމަނުޖެހުންތަކަށްފަހު، މިހާރު ގައުމުގެ މަޝްރަހު އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، ބަދަލުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރު ވަނީ އިންޒާރުދީފައެވެ.

އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު މުހައްމަދު ފާކްޕޫރު ވިދާޅުވީ، އިސްރާއީލާއި އެމެރިކާ އަޑީގައި އޮވެގެން އީރާނުގައި ހިންގާ ހަމަނުޖެހުންތަކަށް ވަރުގަދަ ރައްދެއް ދިނުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށެވެ.

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 2,400 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާއިރު، އަމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް އިންތިހާއަށް ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އީރާނުގެ ތެރޭގައި މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލާފައި އޮތުމުގެ ސަބަބުން، މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި