މިދިޔަ އަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ/ ދިވެހިބަހުގެ އެކަޑެމީ
ރިޕޯޓް
15 Jan 2026 | 09:35
ދިވެހިން ޅެންވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާތާ 37 އަހަރު

ޅެންވެރިންގެ ދުވަހަކީ 1989 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީމަހުގެ 15 ވަނަ ދުވަ ދިވެހި ޅެންވެރިކަމަށާއި ޝާއިރިއްޔަތަށް ޚިދުމަތްކުރައްވާ ކުޅަދާނަ ޅެންވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ރާއްޖޭގައި ފާހަގަ ކުރާ ދުވަހެކެވެ.

ޅެންވެރިކަމަކީ ފަންނެކެވެ. ދިވެހިބަހާއި އަދަބިއްޔާތަށް މުއްސަނދިކަމާއި އާރޯކަން ގެނުވައިދޭ ބަހާއެކެވެ. ބުނަން ބޭނުންވާ ވާހަކައެއް ނުވަތަ ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތެއް ފަށުވި ކަމާއި އެހެންމީހުންނަށް ފޯރުކޮށްދެވޭ، އިހުސާސާއި އަސަރުން ފުރިގެންވާ އުފެއްދުންތަކެކެވެ. މުއްސަނދި ހިޔާލުތަކާއި ހުނަރުވެރިކަން ދައްކުވައިދޭ މުހިންމު ހެކިތަކެކެވެ. 

ދިވެހިންނަކީ ޒަމާނުއްސުރެ އެބައި މީހުންގެ ޝުއޫރުތައް ވަޒަނަކަށް ފެތޭ ބަސްތަކަކުން ހާމަކުރަމުން ދިޔަ ބައެކެވެ. ބަނދި، ކާ، އަންބާ އަދި ރައިވަރުން ފެށިގެން ތަފާތު ވައްތަރުތަކުގެ ޅެންވެރިކަމުން ދިވެހިން ދިޔަައީ ދިވެހިންގެ ހުނަރު ދައްކަމުންނެވެ.  

ޅެމާއި ބެހޭގޮތުން މުހައްމަަދު ޖަމީލު ދީދީ ވިދާޅުވެފައިވެއެވެ. "ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި ޙިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ." 

މި ދުވަހަކީ ޝާއިރުއް ޝަބާބުގެ ލަގަބު ލިބިވަޑައިގެންފައިވާ އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ޅެންވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ވަކި ބޭފުޅަކަށް ހާއްސަ ކޮށްގެންނެވެ.

އެގޮތުން މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަ ކުރެވިފައިވަނީ ސ. ހިތަދޫ ކެމީ ހަސަން ލަބީބަށެވެ. މިއީ އެކި މައުލޫތަކަށް، ތަފާތު ވަޒަންތަކަށް އަދި އެކި ހާލަތްތަކަށް ޅެން ހައްދަވާފައިވާ މޮޅު ޝާޢިރެކެވެހަސަން ލަބިބު

ހަސަން ލަބީބު-- ފޮޓޯ/ ޝާއިރުންގެ ވާދީ 

އުމުރުން އެންމެ 16 އަހަރުގައި ޅެން ހައްދަވަން ފެށި ހަސަން ލަބީބަކީ ދިވެހި ޅެންވެރިކަމަށް އެތައް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ތަފާތު ރޮނގުތަކުން ޅެން ހެއްދެވި ކުޅަދާނަ މުގައްރިރެކެވެ. މޮޅު އަދީބެކެވެ. އެތައް ބަޔަކަށް ޅެން ހަދަން ދަސްކޮށްދެވި މުދައްރިސެކެވެ. 

ހަސަން ލަބީބަކީ އެކި ދުވަސްތަކަސާއި،ޚާއްސަ މުނާސަބާތަކަށާއި، އަދި އެކި ކަންކަމަށް، ތަފާތު ތައްގަނޑުތަކަށް، ތަފާތު ވަޒަންތަކަށް ޝުޢޫރާއި ތަޖުރިބާތައް ހިމަނުއްވަވައިގެން ލެން ހެއްދެވި މޮޅު ޝާއިރެކެވެ. އޭނާ ލެންވެރިކަމުގެ ތެރެއަށް ވަނީ "ރަމަޟާން މުބާރިކް" ޅެމުންނެވެ. މި ދާއިރާގައި އޭނާ މަސައްކަތްކުރައްވާތާ މިހާރު 60 އެއްހާ އަހަރުވެއްޖެއެވެ. ހަސަން ލަބީބުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ޅެންތަކަކީ، "ނޮވެންބަރުގެ ހަނދާނުގައި "މި ޅެމާއި، "ޝަހީދުވީ ބަޠަލުންގެ ޒިކުރާއިން އައު ރޫޙެއް ލިބިގަންނަމާތޯ؟" މި ޅެމާއި، "ޤައުމީ މަލުގެ ތަޞައްވުރު" މި ޅެމެވެ. ހަސަން ލަބީބަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި ފަތްތޫރަ މަޖައްލާއަށްވެސް ތަފާތު އެތައް ޅެންތަކެއް ހައްދަވައިދެއްވައިފައިވާ ބޭކަލެކެވެ. 

ޅެންވެރިކަމުގެ ރޮނގުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އައްޑޫ އެވޯޑުގެ ޝަރަފްވެރި ބައިން ބަހާއި އަދަބަށް ޚިދުމަތް ކުރެއްވުމުގެ، އެވޯޑު ލަބީބަށް ލިބިވަޑައިގެންވެއެވެ. އަދި ގައުމީ ޚިދުމަތުގެ އެވޯޑުވެސް އެމަނިކުފާނަށް ލިބިވަޑައިގެންނަވާފައިވެއެވެ. 

ހަސަން ލަބީބަށް ގައުމީ ޚިދުމަތުގެ އެވޯޑު އެރުވުމުގެ ތެރެއިން-- 

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށްވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ. އެގޮތުން ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކާއި، ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަހުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.