އިރާންގެ އާމްޑްފޯސްގެ ޗީފް އޮފް ސްޓާފް އާއި ސައުދީ ޑިފެންސް މިނިސްޓަރު
ދުނިޔެ
15 Jan 2026 | 08:46
އީރާނަށް ހަމަލާދިނުމަށް ސައުދީގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަން އަންގައިފި

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެކަން ސައުދީން އީރާނަށް އަންގައިފިއެވެ.

ސައުދީ ސަރުކާރާ ގާތްގުޅުމެއް އޮންނަ ދެ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، މި މެސެޖު އީރާނަށް ރަސްމީކޮށް މިހާރު ވަނީ ފޮނުވާފައެވެ.

އެގޮތުން ސައުދީ އަސްކަރިއްޔާއާ ގާތް މަސްދަރުން ބުނީ، އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ސައުދީން ބައިވެރިނުވާނެ ކަމަށާއި، އެ ގައުމުގެ ސަރަހައްދު އެފަދަ ކަމަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ސީދާ އީރާނަށް އަންގާފައިވާ ކަމަށެވެ.

މި ނިންމުން ސައުދީން މި ނިންމީ، އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުންދާތީ، އެކަމަށް ރައްދުދިނުމުގެ ގޮތުން އެމެރިކާއިން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައިވާ ވަގުތެއްގައެވެ.

މީގެ އިތުރުން، އެމެރިކާއިން ހަމަލާއެއް ދީފިނަމަ، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދާ އުފުލާ ބޯޓުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވެސް ވަނީ ދީފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ މުވައްޒަފުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެމެރިކާގެ އަސްކަރީ ވަސީލަތްތައް ސައުދީ އަރަބިއްޔާ ހިމެނޭހެން ގަލްފުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވެއެވެ.

މި މައްސަލައިގައި ގަތަރުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ގަތަރުގެ އަލް އުދައިދު އެއާބޭސްގައި ތިބި ބައެއް މުވައްޒަފުން އެ ތަނުން ބަދަލުކުރަމުންދާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ގަތަރުގެ އިންޓަނޭޝަނަލް މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާތީ ރައްޔިތުންނާއި ގައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީބީއެސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އީރާނުގެ ސަރުކާރުން މުޒާހަރާގެ ބައިވެރިން ދަންޖައްސަން ފަށައިފިނަމަ، އެމެރިކާއިން ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. "އެމީހުން އެފަދަ ކަމެއް ކޮށްފިނަމަ، އަހަރެމެން ވަރަށް ވަރުގަދަ ފިޔަވަޅެއް އަޅާނަން،" ޓްރަމްޕް ބުންޏެވެ.

ނަމަވެސް އިއްޔެ ފަހުން ދިން އިންޓަވިޔުއެއްގައި ޓްރަމްޕް ވަނީ އީރާނުން އެފަދަ ކަމެއް ކުރަން ނޫޅޭކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި