އެކްސިޑެންޓެއް ހިނގާފައިވާ މަންޒަރު-- ފޮޓޯ/ ވޮއިސް
ހަބަރު
15 Jan 2026 | 11:14
މާލެ ސަރަހައްދުގައި މިދިޔަ ހަފްތާގައި 67 އެކްސިޑެންޓު

މިދިޔަ ހަފުތާގައި އެކަނި ވެސް މާލެއާއި، ބުރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި ހިނގާދިޔަ 67 އެކްސިޑެންޓުގެ ތެރެއިން 56 އެކްސިޑެންޓު ހިނގީ މާލޭގައެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވާކަމަށޤ ދައްކަނީ އެ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ދުވަހު 13 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކުރިއިރު، ޖެހިގެން އައި ބުދަ ދުވަހު ވެސް 12 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި މި އެކްސިޑެންޓުތަކުގެ ތެރެއިން މީހަކަށް ސީރިއަސް އަނިޔާއެއްވީ އެންމެ އެކްސިޑެންޓެއްގައެވެ. ބާކީ 66 އެކްސިޑެންޓުގައި އެއްވެސް ސީރިއަސް އަނިޔާއެއް މީހަކަށް ލިބިފައެއް ނުވެއެވެ. އެކަމަކު، އެ 67 އެކްސިޑެންޓުގައި ޖުމުލަ 87 އުޅަނދަކަށް ގެއްލުންވެފައިވެއެވެ.

މި ތަފާސްހިސާބުތަކުގައި ވާގޮތުން ސައިކަލަކާއި ސައިކަލެއް ޖެހިގެން 19 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި، ސައިކަލަކާއި ކާރެއް ޖެހިގެން ވެސް 19 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި ކާރަކާއި ކާރެއް ޖެހިގެން 6 އެކްސިޑެންޓު ހިނގާފައިވެއެވެ.

ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނަ އެކްސިޑެންޓު ހިނގީ ދުވާލު ގަޑީގައެވެ. އެ ގޮތުން، ދުވާލު 46 އެކްސިޑެންޓު ހިނގިއިރު، ރޭގަނޑު ހިނގީ 21 އެކްސިޑެންޓެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. މިކަމާއި ގުޅިގެން އާއްމު ރައްޔިތުން ސަމާލުވުމަށް ފުލުހުން އަންނަނީ ތަރުކާރުކޮށޤ ހަނދާން އައު ކޮށްދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.