އެމެރިކާގެ ރައީސް ޓްރަމްޕް:
ދުނިޔެ
15 Jan 2026 | 11:28
ވޯލްޑް ކަޕްގައި ކުޅޭ 15 ޤައުމަކަށް ވިސާ ނުދޭން ޓްރަމްޕް ނިންމައިފި

2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ޤައުމުތަކުގެ ތެރެއިން 15 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންތުން ބުދަ ދުވަހު ނެރުނު ރަސްމީ މެމޯގައި ވަނީ 75 ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފަ އެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފެށި މި ފިޔަވަޅަކީ "އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް" އެޅި ފިޔަވަޅެކެވެ. އަދި އެ ލިސްޓަށް މިފަހުން އިތުރު ކުރެވުނު ގައުމުތަކުން އެމެރިކާއަށް ވަނުން މަނާ ކުރުމުގެ އަމުރި ތަންފީޒުވާން ފަށާނީ މިމަހި 21 ގައި ކަމަށް ބުނެފައިވެއެވެ. 

މި ދަތުރުފަތުރުގެ ހުރަސްތަކުގެ ތެރެއިން ބައެއް އިސްތިސްނާ ހާލަތްތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެމެރިކާގެ ދާއިމީ ރެސިޑެންޓުންނާއި، މިހާރުވެސް ވިސާ އޮތް ފަރާތްތަކާއި، ޑިޕްލޮމޭޓުންނަށް މި ބޭންގެ އަސަރެއް ނުކުރާނެއެވެ. އަދި އެންމެ މުހިންމު ކަމަކަށް، ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ދަތުރުކުރާ އެތުލީޓުން މި ނިންމުމުން އިސްތިސްނާވާނެތީ، އެ ޤައުމުތަކުގެ ޤައުމީ ޓީމުތަކަށް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމަކީ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލްއެވެ. މީގެ އިތުރުން ސްކޮޓްލޭންޑް ހިމެނޭ ގްރޫޕް ސީ ގައި ހިމެނޭ ބްރެޒިލް، މޮރޮކޯ އަދި ހެއިޓީއަކީވެސް މި ލިސްޓުގައި ހިމެނޭ ޤައުމުތަކެވެ. މީގެ ސަބަބުން ފޮކްސްބަރޯ އަދި މިއާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ސްޓޭޑިއަމްތަކުން ސަޕޯޓަރުން މަދުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ޓްރަމްޕްގެ މި ނިންމުމުގެ އަސަރުކުރާނެ އިތުރު ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ކޭޕް ވާޑޭ، ކޮލަމްބިއާ، ކޯޓް ޑިވުއާ (އައިވަރީ ކޯސްޓް)، މިޞްރު، ގާނާ، އީރާން، އުރުގުއޭ، ޖޯޑަން، ސެނެގާލް، ޓިއުނީޝިއާ އަދި އުޒްބެކިސްތާން ހިމެނެއެވެ. މީގެ ތެރެއިން ހެއިޓީ އަދި އީރާނުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން ވަނީ މުޅިން މަނާކޮށްފައެވެ.

އެހެންކަމުން ހެއިޓީ އަދި އީރާނު ފިޔަވައި ދެންހުރި ގައުމުތަކުގެ މީހުންނަށް އެމެރިކާ އަށް ވަދެވޭނީ އެމީހުންގެ ރެކޯޑްތައް ބަލައި ވަރަށް ރަނގަޅަށް ޗެކް ކުރުމަށްފަހު އެވެ.

އަދި މި ގައުމުތަކުން މީހަކު ވިސާ އަށް އެދި ހުށަހަޅައިފިނަމަ އެމެރިކާ އަށް އެތެރެވާން ހުއްދަ ދޭއިރު މުހިންމު ތިން ކަމަކަށް ވެސް ބަލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އެ މީހެއްގެ އުމުރާއި ސިއްހަތާއި އިނގިރޭސި ބަސް އެނގުން ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި