ޖަޕާނާއި ފިލިޕީންސް އިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ ބީ ވޯލްޑް އޮންލައިން
ދުނިޔެ
15 Jan 2026 | 13:02
ޗައިނާގެ ނުފޫޒާ ދެކޮޅަށް ޖަޕާނާއި ފިލިޕީންސް އިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ޖަޕާނާއި ފިލިޕީންސުން އަސްކަރީ ގުޅުން ބަދަހިކޮށް، ދިފާއީ ގާބިލިއްޔަތު ވަރުގަދަކުރުމުގެ މަގްސަދުގައި އައު ދިފާއީ އެއްބަސްވުމެއްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

"އެކިއުޒިޝަން އެންޑް ކްރޮސް-ސާވިސިން އެގްރީމަންޓް" (އޭސީއެސްއޭ) ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުމުގައި، ފިލިޕީންސްގެ މެނީލާގައި ސޮއިކުރެއްވީ ޖަޕާނުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ އާއި ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ތެރޭސާ ލަޒާރޯއެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއި، ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ސުލްހަ ބެލެހެއްޓުމުގެ މިޝަންތަކުގައި، ދެ ގައުމުގެ އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރާއި، ތެލާއި، ކާބޯތަކެތީގެ އިތުރުން އެހެނިހެން ސާމާނު، އެއްވެސް ޓެކްސްއަކާ ނުލައި ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

ކަމާބެހޭ އިސް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ޖަޕާނުގެ ސެލްފް-ޑިފެންސް ފޯސްއާއި ފިލިޕީންސްގެ އަސްކަރިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމެވެ. މިއީ އިރުމަތީ ޗައިނާ ކަނޑާއި ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ ކަނޑުގެ ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން ދެ ގައުމުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޖަޕާނާއި ފިލިޕީންސް އިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އޭޕީ ނިއުސް

ޗައިނާގެ އަސްކަރީ ބާރު ގަދަވަމުންދާ ދިއުމާއި، ޓައިވާން ކައިރީގެ ސަރަހައްދުތަކާއި މިލްކުވެރިކަމާ މެދު ދަޢުވާކުރެވޭ ރަށްތަކުގައި ޗައިނާގެ ހަރަކާތްތައް އިތުރުވަމުންދާތީ ޖަޕާނުން ވަނީ ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ސަރަހައްދީ ރަށްތަކުގެ މައްޗަށް ބާރު ފޯރުވަން ކުރާ މަސައްކަތްތަކާއި، އެ ގައުމުގެ ކޯސްޓްގާޑުން ގަވާއިދުން ކުރަމުންދާ ޕެޓްރޯލްތަކުގެ ސަބަބުން، ޓޯކިޔޯއާއި މެނީލާގެ ސަލާމަތީ ކަންބޮޑުވުންތައް ވެސް ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

މި އެއްބަސްވުމަކީ 2025 ވަނަ އަހަރު އަމަލުކުރަން ފެށި 'ރެސިޕްރޯކަލް އެކްސެސް އެގްރީމަންޓް' ގެ މައްޗަށް ބިނާވެފައިވާ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށްދޭނެ އެއްބަސްވުމެކެވެ. މީގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާއަށް އެއް ގައުމުން އަނެއް ގައުމުގެ ސަރަހައްދުގައި ގުޅިގެން ތަމްރީނުތަކާއި އަސްކަރީ ހަރަކާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެއެވެ. ނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން އެކަން ތަސްދީގު ކުރުމުންނެވެ.

ސަލާމަތީ ދާއިރާގެ އެއްބާރުލުމުގެ އިތުރުން، ފިލިޕީންސަށް ހަދިޔާކޮށްފައިވާ ކަނޑުގެ އުޅަނދުފަހަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށާއި ދިފާއީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ޖަޕާނުން 'އޮފިޝަލް ސެކިއުރިޓީ އެސިސްޓެންސް' ފޯރުކޮށްދިނުމަށް ވެސް މިއަދު ވަނީ ވައުދުވެފައެވެ.

ދެ ގައުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ގާނޫނީ އިމުގެ ތެރެއިން ކަންކަން ހިންގުމަށް ދެ ގައުމުގެ ސަރުކާރުން ވެސް ބާރުއެޅިއެވެ. އަދި މިއީ ސަރަހައްދުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ވަކި ފަރާތަކުން ކުރާ މަސައްކަތްތަކާ ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި 2 ސަރުކާރުންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ދެ ގައުމުގެވެސް މަދަދުގާރެއް ކަމަށްވާ އެމެރިކާއާއެކު ތިން ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިއީ ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ޖަޕާނާއި ފިލިޕީންސްގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ވިލާތުގެ ގައުމުތަކުގައި އޮންނަ ފަދަ ރަސްމީ އަސްކަރީ އިއްތިހާދަކަށް ނުވި ނަމަވެސް، ސަރަހައްދީ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި