ކާނީގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން
ދުނިޔެ
15 Jan 2026 | 15:16
ކެނެޑާ ބޮޑުވަޒީރު ކާނީގެ ޗައިނާ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެއްޖެ

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ޗައިނާއަށް ކުރައްވަމުން ގެންދަވާ ތާރީޚީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުންދާކަމަށާ، ދެ ގައުމަކީ އެކި ދާއިރާތަކުން އިސްތިރާތީޖީ ބައިވެރިންނަށް ވުމުގެ މަގު ފަހިވެފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ކާނީގެ މިދަތުރުފުޅަކީ 2017 ވަނަ އަހަރަށްފަހު ކެނެޑާގެ ބޮޑުވަޒީރަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބެއިޖިންގްގައި ޗައިނާގެ އިސް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖާއޯ ލެޖީއާ ބައްދަލުކުރައްވައި ކާނީ ވަނީ، ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ދައުރުގައި ގޯސްވެފައިވާ ދެ ގައުމުގެ ގުޅުން އަލުން ރަނގަޅު ކުރުމަށް ފާއިތުވި މަސްތަކުގައި ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ކާނީގެ އޮފީހުގެ ތަރުޖަމާނަކު ހާމަކުރެއްވި ގޮތުގައި، ރައީސް ޝީ ޖިންޕިންގްގެ ލީޑަޝިޕާ މެދު ބޮޑުވަޒީރު ހިތްހަމަޖެހުން ފާޅުކުރެއްވިއެވެ. އަދި ދެ ގައުމުގެ ގުޅުން ރަނގަޅުވުމުގެ ސަބަބުން ހަކަތައާއި، ސަލާމަތީ ކަންކަމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިސްތިރާތީޖީ ފެންވަރެއްގައި ބަދަހިކުރުމަށް މަގުފަހިވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޗައިނާއާއެކު ގުޅުން ބަދަހިކުރަން ކެނެޑާއިން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަށް ޓެރިފްތަކެއް ކުރިމަތިކުރުވައި، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވެދާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ކެނެޑާގެ އެކްސްޕޯޓް މާކެޓް އެކި ގައުމުތަކަށް ފުޅާކުރުމެވެ.

ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީ ވިދާޅުވި ގޮތުގައި، ކާނީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް އައި "އިންގިލާބީ" ބަދަލެކެވެ. ކާނީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު ވަނީ، މި ދަތުރުފުޅު ކާމިޔާބު ދަތުރަކަށް ހެދުމަށް ކުރެވުނު މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާއާއި ކެނެޑާގެ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. ޚާއްޞަކޮށް 2024 ވަނަ އަހަރު ޓްރޫޑޯގެ ސަރުކާރުން ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުން ބޮޑު ޓެރިފެއް ނަގަން ފެށުމުން، ބަދަލުހިފުމުގެ ގޮތުން ޗައިނާއިން ވަނީ ކެނެޑާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން 2.6 ބިލިއަން ޑޮލަރުގެ ޓެރިފް ނަގަން ފަށާފައެވެ.

ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ބޮޑުވަޒީރު ކާނީ، މި ދަތުރުފުޅުގައި ޗައިނާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ކެޓްލް (CATL)، އަލީބާބާ އަދި ސީ.އެން.ޕީ.ސީ ފަދަ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.

ބޮޑުވަޒީރު ކާނީ ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހު ދެ ބޭފުޅުން ދެކުނު ކޮރެއާގައި ބައްދަލުކުރެއްވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.