ގްރީންލޭންޑް: ފޮޓޯ: ބެލްޓިކް ޓްރެވަލް
ދުނިޔެ
17 Jan 2026 | 11:08
ގްރީންލޭންޑް މައްސަލައާ ދެކޮޅުވާ ޤައުމުތަކަށް ޓެރިފް އިތުރުކުރަން ޖެހިދާނެ: ޓްރަމްޕް

ގްރީންލޭންޑް މައްސަލާގައި އެމެރިކާގެ ސިޔާސަތާ ދެކޮޅުވާ ގައުމުތަކަށް އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ވައިޓްހައުސްގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ގްރީންލޭންޑް ހިފުމާ ދެކޮޅު ޤައުމުތަކަށް ޓެރިފް އިތުރުކުރަން ޖެހިދާނެކަމަށެވެ. ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑް އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަނީ ރަނގަޅު ނިޔަތެއް އޮވެގެންކަމަށެވެ. އެގޮތުން އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން ގްރީންލޭންޑް ހިފުމާމެދު ދެކޮޅުވާ ޤައުމުތަކަށް ޓެރިފް ބޮޑުކޮށްގެން އަދަބު ދެއްވާނޭކަމަށް ވިދާޅުވިނަމަވެސް، އެއީ ކޮންކޮން ޤައުމުތަކެއްކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ނިންމާ ނިންމުންތަކަށް އިހުތިރާމް ނުކުރާ ޤައުމުތަކަށް ހެޔޮއެދުމުގެ މާނައެއް ނެތްކަން ފާހަގަކުރައްވާފައެވެ. 

ގްރީންލޭންޑް ހިފާނޭކަމަށް އެމެރިކާގެ ރައީސް ވިދާޅުވަމުންދާއިރު، ރިޕަބްލިކަން ޕާޓީން ވަނީ ގްރީންލޭންޑް ހިފައި އެ ސަރަހައްދުގެ މައްޗަށް ބާރު ފޯރުވުން ހުއްޓުވުމަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގެ މަގްސަދަކީ ނޭޓޯގެ އެއްވެސް މެންބަރު ގައުމެއްގެ ސަރަހައްދެއް ބަންދުކުރުމަށް ނުވަތަ ހިފުމަށް ނޫނީ އެ ސަރަހައްދެއްގެ މައްޗަށް ބާރު ހިންގުމަށް އެމެރިކާގެ ދިފާއީ ވުޒާރާ އާއި ޚާރިޖީ ވުޒާރާގެ ފައިސާ ބޭނުންކުރުން މަނާކުރުމެވެ.

ގްރީންލޭންޑް ހިފުމަށް އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން ޔޫރަޕާއި އެމެރިކާގެ އޮންނަ އިގްތިސާދީ ގުޅުމަށް ބުރޫ އަރާފައިވާއިރު، ޓްރަމްޕް ވިދާޅުވެފައިވަނީ ބަޔަކު ރުހުނަސް ނުރުހުނަސް އެއީ އެމެރިކާއިން ކުރާނެކަމެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި