އީރާނުގެ ކުރީގެ ރަސްގެފާނު ޝާހުގެ ދަރިކަލުން ރިޒާ ޕަހްލަވީ-- ފޮޓޯ/ އެމްއެސްއެން
ދުނިޔެ
17 Jan 2026 | 19:45
އީރާނާއި އިސްރާއީލުގެ ގުޅުން ބަދަހިކުރަން ތާއީދު: އީރާނުގެ ރިޒާ ޕަހްލަވީ

އީރާނުގެ ކުރީގެ ރަސްގެފާނު ޝާހުގެ ދަރިކަލުން ރިޒާ ޕަހްލަވީ، އީރާނާއި އިސްރާއީލާ ދެމެދު އޮންނަންޖެހޭ އެކުވެރި ގުޅުމަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާވަނީ މީގެ ދެ އަހަރު ކުރިން އިސްރާއީލަށް ޒިޔާރަތްކުރިކަން ވެސް ހާމަކޮށްފައެވެ. 

އީރާނުގައި ކުރަމުުންދާ މުޒާހަރާގެ ތެރެއިން-- ފޮޓޯ/ އެމްއެސްއެން 

ޕަހްލަވީ ބުނި ގޮތުގައި އިސްރާއީލަށް ކުރި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ އީރާނާއި އިސްރާއީލުގެ ޔަހޫދީންނާ ދެމެދު އޮތް ތާރީޚީ ގުޅުންތަކާއި މެދު މަޝްވަރާތައްކޮށް، އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރުމެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ކޮންމެހެންވެސް އޮންނަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. 

މި ބައްދަލުވުމުގައި ޕަހްލަވީ ވަނީ އީރާނުގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފަށް، އިސްރާއީލާއެކު އޮންނަ ގުޅުން އާލާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ އީރާނުގެ ޝާހުގެ އާއިލާގެ އިސް ބޭފުޅަކު މި ފަހަކަށް އައިސް މިފަދަ މޭރުމަކުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.