ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ހިންގަމުންދާ ސްކޭމް
ހަބަރު
17 Jan 2026 | 17:05
ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ވެސް ސްކޭމެއް

ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދީނުގެ މަގު ކިޔާ ފޭސްބުކް ޕޭޖެއްގައިވާ ޕޯސްޓެއް ހިއްސާކޮށް، އެއީ ސްކޭމެއް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. 

އެ ޕޭޖުން ކުރި ޕޯސްޓެއްގައި ވަނީ، އައިޝަތު މާޖިދާ ކިޔާ ޒުވާން ކުއްޖަކަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެހީއަށް އެދިފައެވެ. އަދި އެ ކުއްޖާގެ ފަރުވާއަށް ހަ މަހާއި އަށް މަހާ ދެމެދަށް އިންޑިއާގައި ހޭދަކުރަން ޖެހޭނެކަމަށް ބުނެ، އެ ޕޯސްޓުގައި ވަނީ ފައިސާ ފޮނުވާނެ އެކައުންޓު ނަންބަރު ވެސް ހިއްސާކޮށްފައެވެ.

ފުލުހުން އާންމުކުރި ފޮޓޯތަކުން އެނގޭގޮތުގައި، މާޖިދާ ކަމަށް ބުނެ އާންމުކޮށްފައިވާ މީހާގެ ފޮޓޯއަކީ މުޝްފިކާ ސުލްތާނާ ކިޔާ ބޭރު މީހެކެވެ. މި ކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ، އޮޅުވާލައިގެން މީހުންނަށް ގުޅުމާއި ސައްހަ ނޫން ގޮތުގައި އެހީއަށް އެދޭ މީހުންނަށް ނުވަތަ ސްކޭމަރުންނަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

އެ ފަދަ ސްކޭމުތަކަށް ސަމާލުވުމަށް ކުރެވޭނެ ކަންކަން ވެސް އެ ސެންޓަރުން ވަނީ ކިޔައިދީފައެވެ. އެގޮތުން، ފޮޓޯއަކަށް ބަލާފައި އެހީވުމުގެ ކުރިން، ގޫގުލް އިމޭޖަސް ފަދަ ވަސީލަތެއް ބޭނުންކޮށްގެން "ރިވާސް އިމޭޖް ސާޗް" ކުރުމަށް ވަނީ އެދިފައެވެ. އަދި އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދިފައި ހުންނަ ހާލަތްތަކުގައި އިތުރަށް ސަމާލުވުމާއި ގުޅާ މީހަކަށް މައުލޫމާތު ނުދީގެން ބިރުދައްކާނަމަ، ފޯނު ކަނޑާލުމަށާއި އޯޓިޕީ ހިއްސާނުކުރަން ފުލުހުން އިލްތިމާސްކުރިއެވެ.

ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް އޮޅުވާލައި، ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ރާއްްޖޭގައި ފަހަކަށް އައިސް ވަރަށް ގިނަވެފައެވެ. އެގޮތުން މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.