ލައިލާ އަހުމަދު
ދުނިޔެ
18 Jan 2026 | 15:05
އާއިލާއެއް ސަލާމަތްކުރި ސައުދީ އަންހެންމީހާއަށް އަގުބޮޑު ކާރެއް ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ މަގުމަތީގައި ހިނގަން ދިޔަ ނުރައްކާތެރި އެކްސިޑެންޓަކުން، މަންމައަކާއި އޭނާގެ ދަރިން ސަލާމަތްކުރި ހިތްވަރުގަދަ އަންހެން މީހާއަށް އެންމެފަހުގެ އަގުބޮޑު އާ ކާރެއް ހަދިޔާކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ސައުދީ އަރަބިއްޔާގެ އަބޫ އަރީޝް ސަރަހައްދުގައެވެ. ހާދިސާ ހިނގަން މެދުވެރިވީ، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ހޭންޑްބްރޭކް ޖައްސަން ހަނދާންނެތި ކާރުން ފޭބުމާ ގުޅިގެންނެވެ. އެވަގުތު ކާރުގެ ތެރޭގައި މަންމައަކާއި ކުޑަ ދަރިން ތިބިއިރު އެމީހުން ތިއްބާ ކާރު ފަހަތަށް ދުވަން ފަށައި، ބާރު ބޮޑު މަގުގެ ތެރެއަށް ދާން ފެށިއެވެ.

މި ނުރައްކާތެރި ވަގުތު، "ދުޚޫން އަލް އިމާރާތިއްޔާ" ގެ އަބޫ އަރީޝް ބްރާންޗުގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ ހިތްވަރުގަދަ ސައުދީ އަންހެނެއް ކަމަށްވާ ލައިލާ އަހުމަދު ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ.

އެގޮތުން އޭނާ ދުވެފައި ގޮސް، ފަހަތަށް ދަތުރުކުރަމުންދިޔަ ކާރުގެ ތެރެއަށް ވަދެ، ކާރު ކޮންޓްރޯލްކޮށް ހުއްޓުވިއެވެ. މި ހިތްވަރުގަދަ އަމަލުގެ ސަބަބުން ކާރުގައި ތިބި އާއިލާ ބޮޑު ނުރައްކަލަކުން ވަނީ ސަލާމަތްވެފައެވެ.

މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ތައުރީފު އެ އަންހެން މީހާއަށް ވަނީ ލިބިފައެވެ. މީސްމީޑިއާގައި އޭނާއަށް ނިސްބަތްކޮށް "ޖީޒާންގެ ބަތަލާ" ގެ ނަމުން ހޭޝްޓެގްތައް ވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. 

އެކަމާ ގުޅޭގޮތުން ދިން އިންޓަވިޔުއެއްގައި އަންހެން މީހާ ވަނީ އޭނާ އަކީ އާއްމު ދިރިއުޅުމުގައިވެސް ހަރަކާތައް އަވަސް މަސައްކަތަށް ފަރުވާ ބަހައްޓާ މީހެއް ކަމަށް ބުނެފައެވެ. އަދި އެ ހާދިސާގައި އެހާ އަވަސް ފިޔަވަޅެއް އެޅުނީވެސް އެހެންވެ ކަމަށް ވަނީ ބުނެފައެެވެ.  

އެ އަންހެންމީހާ މަސައްކަތްކުރާ ޔޫއޭއީގެ "ދުޚޫން" ކުންފުނިން ވަނީ އޭނާގެ މި ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ. އެގޮތުން އެ ކުންފުނިން ވަނީ އެންމެ ފަހުގެ 2026 ވަނަ އަހަރުގެ މޮޑެލްއެއްގެ އެންމެ އައު ކާރެއް އޭނާއަށް ހަދިޔާކޮށްފައެވެ. އެ ކުންފުނިން ބުނީ އެފަދަ ހިތްވަރުގަދަ މުވައްޒަފަކު އެ ކުންފުނީގައި މަސައްކަތް ކުރާތީ ފަޚުރުވެރިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.