ރަސްމާލެ
ހަބަރު
18 Jan 2026 | 09:01
މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަންޖެހެނީ ”ބޯހިޔާވަހިކަން އެންމެނަށް“ ޕޯޓަލް މެދުކޮށެވެ. ޕޯޓަލްގެ ލިންކަކީ ‪boahiyaavahikan.housing.gov.mv‬⁩ އެވެ. ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ. 

ފުލެޓާއި ގޯތި ދޫކުރުމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިންނަންބަރު 4004-861, 4004-860, 4004-863, 4004-862, 4004-864,ނުވަތަ 4004-865 ގުޅުމަށް އެދިފައިވެއެވެ. އަދި އެ މިނިސްޓްރީގެ  އީމެއިލް:[email protected]އަށް ހުށަހަޅައިގެންވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. 

ހައުސިން މިނިސްޓްރީން ބުނެފައިވާގޮތުން، މި އުސޫލުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާނީ ކޮންމެ ފަރާތަކުން ވަކި އެޕްލިކޭޝަނެއް ކަމަށެވެ. ނަމަވެސް މި ދެ އުސޫލުގެ ދަށުން ޝަރުތު ފުރިހަމަވާ ދެމަފިރިންނަމަ، އެޕްލިކޭޝަން ހުށަހަޅަންވާނީ ދެމަފިރިން އެކުގައި ޖޮއިންޓް އެޕްލިކޭޝަނެކެވެ. އަދި ދެމަފިރިންގެ ތެރެއިން އެކަކު ޝަރުތު ފުރިހަމަނުވާ ބައެއް ހާލަތްތަކުގައި ޝަރުތު ފުރިހަމަވާ ފަރާތަށް ވަކި އެޕްލިކޭޝަނެއް ހުށަހެޅޭނެކަމަށްވެސް ބުންޏެވެ.

- ފުލެޓު ނުވަތަ ގޯތީގެ މައި ކެޓަގަރީތަކުން މައި އެޕްލިކަންޓު ޝަރުތު ފުރިހަމަވާ ކެޓަގަރީއަށް ހުށަހެޅުމާއެކު މައި އެޕްލިކަންޓު ޝަރުތު ފުރިހަމަވާ ޚާއްސަ ކެޓަގަރީތަކަށްވެސް އެޕްލިކޭޝަން ހުށަހެޅިދާނެ ކަމަށާ ނަމަވެސް އެމީހަކަށް މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ލިބޭނީ ޝަރުތުހަމަވާ ކޮންމެވެސް އެއް ކެޓަގަރީއަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.