ވަޒީރު މުއްޠަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ/ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
18 Jan 2026 | 11:22
ލިސްޓްގެ އިވެލުއޭޝަންއަށް ނަގާނެ މުއްދަތެއް އެނގޭނީ އަންނަ އެޕްލިކޭޝަންތަކަށް ބަލާފައި: ޑރ.މުއްޠަލިބު

ވަގުތީ ލިސްޓް ނެރެ، އެ ލިސްޓް އިވެލުއޭޓް ކުރުމަށް ނަގާނެ މުއްދަތެއް ބުނަން އެނގޭނީ އަންނަ އެޕްލިކޭޝަންތަކަށް ބަލާފައި ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.

ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަންޖެހެނީ ”ބޯހިޔާވަހިކަން އެންމެނަށް“ ޕޯޓަލް މެދުކޮށެވެ. ޕޯޓަލްގެ ލިންކަކީ ‪boahiyaavahikan.housing.gov.mv‬⁩ އެވެ. 

ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ. 

މިކަމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލައި އަދި އެފަހުން ލިސްޓްތައް އިވެލުއޭޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ލިސްޓް އިވެލުއޭޓް ކުރަންދާނެ މުއްދަތު އެނގޭނީ ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުން ހުށަހަޅާ އެޕްލޮކޭޝަންތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

”އަޅުގަނޑުމެންނަށް ލިބޭ އެޕްލިކޭޝަންގެ އަދަދުން އިވެލުއޭޝަންއަށް ދާނީ ކިހާވަގުތެއްކަން ކަނޑައެޅޭނީ. ކޮންމެ ގޮތެއް ވިޔަސް މީގައި ލިބިފައި ހުރި މައުލޫމާތަށް ބަލާފައި، ވަގުތީ ލިސްޓެއް ނެރެފައި، އަދި އެމީހެއްގެ ނަމުގައި އެއްވެސް ތަނެއް އޮތްތޯ، ރާއްޖޭގެ ހުރިހާ ތަނަކުން ވެރިފައި ކުރަންވެސް ޖެހޭނެ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،“

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

”އޭގެ ކުރިންވެސް ވަގުތީ ލިސްޓެއް ނެރެގެން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. އެހެންނަމަވެސް އެޕްލިކޭޝަން ލިބޭ މިންވަރަކުން އެނގޭނީ ކިހާ މުއްދަތެއް ނަގާނެކަން“ ވަޒީރު އިތުރަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވަނީ މި ދައުރުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހަދައިދީ އިން ވަކިކޮށްދީ ގޯތި ހަވާލުކުރައްވާނެ ކަމަށެވެ. އަދި އިއުލާނު ކުރާ 7900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ޔުނިޓްތަކުގެ އަދަދު ކަމަށް ވެސް ވިދާޅުވިއެވެ. 

"2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން .އަމާޒަކީ މި ހުރިހާ ފްލެޓްތަކެއް މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭ ވަރުކުރުން." ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.