ވަޒީރު މުއްޠަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ/ ހައުސިން މިނިސްޓްރީ
ހަބަރު
18 Jan 2026 | 12:19
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓް ހަވާލުކޮށްދޭނަން: ޑރ. މުއްޠަލިބު

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ގޯތިތައް މި ދައުރުގެ ތެރޭގައި ހަވާލުކޮށްދެއްވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.

އެކަމާގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، 2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ.

”މާތް الله ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައްދީ، ރެޖިސްޓްރީ ހަދައިދީ، އިން ވަކިކޮށްދީ ގޯތި ހަވާލު ކުރާނަން. އަޅުގަނޑުމެން އިއުލާން ކުރާ 7900 ފުކެޓަކީ، މިހާތަނަށް ފައިނޭސް ޔަގީންވެފައިވާ ޔުނިޓް ތަކުގެ އަދަދު. 2008 ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި މަޝްރޫއުއެއް ނިންމައި ފުލެޓް ތަކަށް މީހުން ވެއްދިފައެއްް ނެތް. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލު ކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ މި ހުރިހާ ފްލެޓްތަކެއް މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭ ވަރުކުރުން."

ވަޒީރު މުއްޠަލިބު

ވަޒީރު އިތުރަށް ވިދާޅުވީ، މިއަދު އިއުލާނުކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ނުފަށާ އެއްވެސް މަޝްރޫއެއް ނުހިމެނޭނެ ކަމަށެވެ.

އެގޮތުން، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މިހާރު ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށާ، 7،900 ފުލެޓަކީ ފައިނޭންސްވެސް ހަމަޖެހިފައިވާ ފުލެޓް ކަމަށެވެ. އަދި އެ 7900 ފުލެޓަކީ މިހާރު ޔަގީންވެފައިވާ ފުލެޓުތަކުގެ އަދަދު ކަމަށާއި ދައުރު ނިމޭއިރު އެ އަދަދު އިތުރުވާނެ ކަމަށާ، ދައުރު ނިމުމުގެ ކުރިން ފުލެޓްތައް ނިންމައި ފުލެޓް ދޫކުރާނީ އެތަނުގައި އުޅެވޭވަރު ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދު ހުޅުވާލާ ފުރުސަތުގައި 1500 ގޯތި ދޫކުރާއިރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ.

އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.