ވަޒީރު މުއްޠަލިބު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
18 Jan 2026 | 13:30
"ހުށަހަޅާ ފޯމަށް ވަގުތުން ޕޮއިންޓް ލިބޭނެ؛ ސަބްމިޓް ކުރަންވާނީ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު: ޑރ.މުއްޠަލިބު

ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން މިއަދު ހުޅުވާލާފައިވާއިރު ފޯމު ހުށަހެޅޭނީ އޮންލައިންކޮށް، "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށެވެ. 

މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް ޕޯޓަލްއިން އީފާސް މެދުވެރިކޮށް ލޮގިން ވުމުން ފޯމު ހުށަހަޅަން ބޭނުންވާ ސްކީމް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި އީފާސް މެދުވެރިކޮށް ޕޯޓަލް އަށް ވަނުމުން ޝަރުތު ހަމަވޭތޯ ބެލޭނެ ކަމަށާ، އެހެންކަމުން ޝަރުތު ހަމަވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ. 

ޕޯޓަލް އިން މައުލޫމާތު ފުރާއިރު ކޮންމެ ބޭފުޅެއްވެސް ޔަގީން ކުރަންވީ ދެއްވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމަށް. އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަވާނީ މައުލޫމާތު ފުރިހަމަކޮށް އިގުރާރުގައި ސޮއިކޮށް ސަބްމިޓް ކުރެއްވުމުން.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްތަލިބު

އެޕްލިކޭޝަން ސަބްމިޓް ކުރުމުން ސަބްމިޓް ކުރި ކަމުގެ ލިޔުން އީމެއިލް އަދި މެސެޖުން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެެ. 

”މި ލިޔުމުގައި އެޕްލިކެންޓަށް ލިބުނު ޕޮއިންޓްގެ އަދަދުގެ ތަފްސީލްވެސް ހިމަނާފައިވާނެ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަބްމިޓް ކުރާ އެއްވެސް އެޕްލިކޭޝަނެއް ކެންސަލް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާ، ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން، ޑްރާފްޓުގައި ބައިންދައިގެން ފޯމު ފުރުމާއި ބޭނުންވާ ލިޔެކިޔުންތައް އެއްކުރެވޭނެ ކަމަށެވެ.

އެންމެ ބޮޑަށް ސަމާލުކަންދޭންވީ ފޯމު ފުރިހަމައަށް ފުރައި، ލިޔެކިޔުންތަކާއެއްކޮށް ސަބްމިޓް ކުރުމަށް. އަވަހަށް ސަބްމިޓް ކުރުމަކުން އަވަހަށް ފޯމު ހުށަހެޅުމަކުން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އަވަހަށް ފޯމު ފުރުމުގެ ބަދަލުގައި ފޯމަށް ބޭނުންވާ މައުލޫމާތު ފުރިހަމައަށް ސައްހަކަން ކަށަވަރުކޮށް ޑޮކިޔުމަންޓް ތަކާއެކު ސަބްމިޓް ކުރުން

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްތަލިބު

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން 7900 ފުލެޓް ދޫކުރާއިރު، ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި 1500 ގޯތި ދޫކުރާއިރު ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ. 

މީގެ އިތުރުން މުއްޠަލިބު ވިދާޅުވީ، ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލައި އަދި އެފަހުން ލިސްޓްތައް އިވެލުއޭޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ލިސްޓް އިވެލުއޭޓް ކުރަންދާނެ މުއްދަތު އެނގޭނީ ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުން ހުށަހަޅާ އެޕްލޮކޭޝަންތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

”އަޅުގަނޑުމެންނަށް ލިބޭ އެޕްލިކޭޝަންގެ އަދަދުން އިވެލުއޭޝަންއަށް ދާނީ ކިހާވަގުތެއްކަން ކަނޑައެޅޭނީ. ކޮންމެ ގޮތެއް ވިޔަސް މީގައި ލިބިފައި ހުރި މައުލޫމާތަށް ބަލާފައި، ވަގުތީ ލިސްޓެއް ނެރެފައި، އަދި އެމީހެއްގެ ނަމުގައި އެއްވެސް ތަނެއް އޮތްތޯ، ރާއްޖޭގެ ހުރިހާ ތަނަކުން ވެރިފައި ކުރަންވެސް ޖެހޭނެ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،“

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

”އޭގެ ކުރިންވެސް ވަގުތީ ލިސްޓެއް ނެރެގެން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. އެހެންނަމަވެސް އެޕްލިކޭޝަން ލިބޭ މިންވަރަކުން އެނގޭނީ ކިހާ މުއްދަތެއް ނަގާނެކަން“ ވަޒީރު އިތުރަށް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.