ޤައުމީޓީމްގެ ޖާޒީ އުރުބާނީއާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: އެފްއޭއެމް
ކުޅިވަރު
18 Jan 2026 | 21:06
ޤައުމީ ޓީމްގެ ކޯޗްކަމާ ހަވާލުވުމަށް އުރުބާނީ ރާއްޖެ އަތުވެއްޖެ

ޤައުމީޓީމްގެ ކޯޗްކަމުގެ މަޤާމާ ހަވާލުވުމަށް ހަންގޭރީއަށް އުފަން އިސްޓަވާން އުރުބާނީ އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

އުރުބާނީ ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ހުސައިން ޝާފިއު އާއި، އުރުބާނީ އާއެކު ޤައުމީޓީމްގައި މަސައްކަތްކުރި ލެޖެންޑަރީ ގޯލްކީޕަރު އިމްރާނު މުހައްމަދާއި އެފްއޭއެމްގެ ބައެއް އޮފިޝަލުންނެވެ. 

ޤައުމީޓީމްގެ ހެޑް ކޯޗެއްގެ އިތުރުން ޓީމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުވެސް އަދާކުރާނީ އުރުބާނީއެވެ. އުރުބާނީ އަދި ރަސްމީކޮށް ޤައުމީތީމްގެ ޒިންމާތަކާ ހަވާލުނުވިނަމަވެސް މި ހަފްތާގެ ތެރޭގައި ލިޔެކިޔުންތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އުރުބާނީ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޤައުމީ ޓީމަށް އިރުޝާދު ދީފައެވެ. އެހެންކަމުން މިއީ އޭނާ ޤައުމީޓީމާ ހަވާލުވާ ތިންވަނަ ފަހަރެވެ. އުރުބާނީ އެންމެ ފުރަތަމަ ޓީމާ ހަވާލުވީ، 2009 ވަނަ އަހަރުގެ ތެރޭގައެވެ. އުރުބާނީގެ އިރުޝާދުގެ ދަށުން އެއަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ގެންގޮސްދިންއިރު، 2012 ވަނަ އަހަރު ވަނީ ލަންކާގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޤައުމީޓީމްގެ ކުޅުމުގެ ސްޓައިލް ތަފާތުކޮށް ފެނިގެންދިޔައިރު، އޭނާ ވަނީ ހަންގޭރީގެ އިތުރުން އެމެރިކާގެ ބައެއް ޓީމްތަކަށްވެސް ކޯޗްކަންކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް