ޖޭކް ލޭންގް އަށް ހަމަލާ ދެނީ-
ދުނިޔެ
19 Jan 2026 | 08:44
އެމެރިކާގައި، މުސްހަފު އަންދަން އުޅުނު މީހަކު ހުއްޓުވައި، ލަދުގަންނުވާލައިފި

އެމެރިކާގެ މިންނިއަޕޮލިސް ސިޓީގެ ސިޓީ ހޯލް ކުރިމަތީގައި މުޞްޙަފް އަންދާނެ ކަމަށް ބުނެ އިންޒާރުދީ، މުސްލިމުންނަށް ފުރައްސާރަކުރަން އުޅުނު ހަރުކަށި ފިކުރުގެ އެކްޓިވިސްޓަކަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ހުރަސްއަޅައި، އޭނާ އެ ސަރަހައްދުން ފަހާލައިފިއެވެ.

މި ހަރަކާތް ރޭވީ 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ގައި އެމެރިކާގެ ކެޕިޓަލް ހިލްއަށް ވަދެގަތް މައްސަލާގައި ހިމެނޭ، އަދި ފަހުން މައާފު ދީފައިވާ ޖޭކް ލޭންގް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ މީގެ ކުރިންވެސް މުސްޙަފް އެންދުމުގެ ހަރަކާތް ބާއްވާފައިވެއެވެ. 

"މާޗް އެގެއިންސްޓް މިނެސޮޓާ ފްރޯޑް" ގެ ނަމުގައި އޭނާ ބޭއްވި މި އެއްވުމުގެ އަސްލު ބޭނުމަކީ މުސްލިމުން ރުޅިއަރުވާލައި ދީނަށް ފުރައްސާރަ ކުރުމެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ލޭންގް އާއި އޭނާގެ މަދު ސަޕޯޓަރުންތަކެއް ސިޓީ ހޯލް ކައިރިއަށް އެއްވި ނަމަވެސް، އެމީހުންނާ ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވިއެވެ.

އެގޮތުން މުޞްޙަފް އަންދާނެ ކަމަށް ބުނެ ލޭންގް ދިން އިންޒާރާ ގުޅިގެން ނިކުތް މީހުން ވަނީ، އޭނާގެ އަޑު ކަނޑުވާލުމަށްޓަކައި އަޑުގަދަކޮށްފައެވެ. އަދި ބައެއް މީހުން ވަނީ އޭނާގެ ގަޔަށް ފެން ޖަހައި ހަމަލާދީފައެވެ.

މުޞްޙަފް އަންދަން އޭނާ ކަނޑައެޅި ވަގުތު ޖެހުނުއިރު، އިދިކޮޅު މީހުން ވަނީ އޭނާ ވަށާލައި، ހުރަސް އަޅާފައެވެ. 

އަދި، ލޭންގް އެ ސަރަހައްދުން ދާން މަސައްކަތް ކުރުމުން، މުޒާހަރާގެ ބައިވެރިން އޭނާ ފަހާ ދުވެ، ކޮއްޕައި ހަމަލާދީފައިވެއެވެ. އޭނާ އެ ސަރަހައްދުން ފިލަން ދުވުނުއިރު ބޮލުގެ ފަހަތުން ލޭ އަންނަ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި "ހޮޓެލް އިންޑިގޯ" އަށް ވަދެ އޭނާ ފިލާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހޮޓަލުގެ ބޭރުގައި ތިބެ ބިއްލޫރިގަނޑުތަކުގައި ތަޅައި އަޑުގަދަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އައިސް، މަގުތައް ބަންދުކޮށްގެން ތިބި މީހުން ދިއުމަށް އަމުރުކުރިއެވެ. އެންމެން ވަނީ އެ ސަރަހައްދުން ފައްސާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.