ހައުސިން މިނިސްޓަރު މުއްތަލިބް ރާއްޖެ މިއަދު ޕްރޮގްރާމްގައި... ފޮޓޯ: ޕީއެސްއެމްނިއުސް
ހަބަރު
20 Jan 2026 | 22:48
ފްލެޓްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ: މުއްތަލިބް

އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފްލެޓްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިމަހުގެ ތެރޭގައި ފެށޭނޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ފްލެޓްތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބައެއް ތަންތަނުގެ މޮބަލައިޒޭޝަން މަސައްކަތް މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ފެށިގެންދާނޭކަމަށެވެ. އެންމެ އަވަހަށް މަސައްކަތްތައް ފެށިގެންދާ ތަންތަނުގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް އާ އެގްރީމެންޓް ކުރެވިގެން ކުރިއަށްދާ ތަންތަނެވެ. 

ހެޔޮ އަގުގައި އާންމުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްތައް އަޅާނޭ ބިންތައް ހަވާލުކޮށްފައެވެ. ބީއެމްއެލް މެދުވެރިކޮށް 3،300 ޔުނިޓް އެޅުމަށް ނިންމާފައިވާއިރު މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެވިފައިވާއިރު، މަސައްކަތް ކަނދައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާނޭކަމަށެވެ. އެގޮތުން މި މަޝްރޫޢުތަކަކީ ފައިސާ ހަމަޖެހިގެން ކުރިއަށްގެންދެވޭ މަޝްރޫޢުތަކަކަށްވާއިރު، ފައިސާ ގޮތުން އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނޭކަމަށާއި، ފައިސާ ހަރަދުކުރާނީ ބޭންކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން އިއުލާން ކޮށްފައި ހުރި އެއްޗަކީ ވުޖޫދުގައި ނެތް އެއްޗެއް ނޫން. މީ ކޮންމެ އެއްޗަކީ ޕްރޮޖެކްޓެއް ފޯމިއުލޭޓް ކުރެވިގެން މަސައްކަތްކޮށް ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކެއް. އެ އެކި ގައުމުތަކުގެ އެހީތެރިކަމުގެ ތެރެއިން ހިނގާ މަޝްރޫއުތަކެއް ވެއްޖެއްޔާ އެ ޕްރޮސެސްތަކެއް ހުންނާނެ

މިނިސްޓަރު މުއްތަލިބް 

މިނިސްޠޓަރު ވިދާޅުވީ، ހައުސިން ޕްރޮޖެކްޓެއް ނިންމާ ރައްޔިތުންނާ ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވާނޭކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ މި ދައުރު ނިމުމުގެ ކުރިން އިއުލާނުކުރި ތަންތަން ތަރައްޤީކޮށް ނިންމައި ހައްޤުވެރިންނާ ފްލެޓްތައް ހަވާލުކުރުންކަން ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. 

ފުލެޓަށް އެދުމުގެ ފުރުސަތު އޭޕްރިލްމަހުގެ 17 ވާހުކުރު ދުވަހުގެ 23:59 ނިޔަލަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ، މާރިޗު 4 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގެ ދަށުން ގްރޭޓަ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށާއި، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1,500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2,400 ފުލެޓެވެ.

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް 3,000 ގޯތި، މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ބިން ތަރައްޤީ ކުރަން ދަތިވާ ފަރާތްތަކަށް 1,500 ގޯއްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.