ސްރީލަންކާގެ ކޮލަމްބޯގެ މަގެއް.. ފޮޓޯ: ވޮއިސް
ހަބަރު
22 Jan 2026 | 11:57
ސްރީލަންކާއަށް ދާ ދިވެހިން އީޓިއޭ ހައްދާކަށް ނުޖެހޭނެ: ލަންކާ

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަން ނުޖެހޭނޭކަމަށްބުނެ، އެޤައުމުގެ ސަރުކާރުން އެކަން ހަނދާންކޮށްދީފިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ، އެޤައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ވަގުތުން ލިބޭނޭކަމަށް ބުނެފައެވެ. އަދި އެ ވިސާގައި އެޤައުމަށް ދަތުރުކުރާއިރު، އީޓީއޭ ހުށަހަޅަން ނުޖެހޭނޭކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީން މިފަދަ ނޯޓިހެއް ނެރެފައިމިވަނީ، މިފަހުން އެޤައުމުގައި ހުންނަ ދިވެހި ސަފީރު ވިސާގެ ކަންތަކުގައި ވާހަކަތަކެއް ދައްކަވާފައިވަނިކޮށެވެ.

ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން ވިސާ ހޯދުމަށްޓަކައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަން އޮފީހުގެ ދިގު ކިއުތަކުގައި މަޑުކުރަން ޖެހޭކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ހުންނަފަސޭހަތައް ދިވެހިންނަށް ނުލިބޭކަން ފާހަގަ ކުރައްވާފައެވެ.

ސަފީރު ވިދާޅުވީ، ހަމުގެ ކުލަ އަލި މީހުންނަށް އެކަނި އިސްކަންދީ، އެ މީހުންނަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި އިމިގްރޭޝަން އޮފިޝަލުން ދެކޭ ކަމަށާއި، އަދި ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަމަށެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަސްއޫދު ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.