ގިނަ އަދަދެއްގެ ޑްރަގާއި 80،000 ރުފިޔާއާއެކު ދެ ޒުވާނަކު ހައްޔަރު ކޮށްފި

ތުހުމަތު އޮތް ދެ މީހުން

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ބުލާފަރުގެ، އަމްޖަދު ރިޤާބް (36އ) އާއި ށ. ނޫމަރާ / މޯނިންގސްޓަރ، މުޙައްމަދު ނާއިފް (28އ) އެވެ. މި މަހު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭ ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި 80،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގުރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު ރިޤާބް ފަސް ދުވަހަށް އަދި މުޙައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް