އުރީދޫ އަދި އެކްރޮސްއިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު... ފޮޓޯ: އުރީދޫ
ހަބަރު
24 Jan 2026 | 10:42
ކަނޑުތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް އުރީދޫއިން އެކްރޮސް މޯލްޑިވްސްއާ ގުޅިއްޖެ

ރާއްޖޭގެ ކަނޑުތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި "އެކްރޮސް މޯލްޑިވްސް" އިން ކުރާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" އިން ކުރަމުންދާ އަޑީ ސީ އެކްސްޕެޑިޝަނެއްގައި ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ އުފަލެއް ކަމަށެވެ.

އެކްރޮސް މޯލްޑިވްސް އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދެމުންދާނޭކަމަށް އެކުންފުނިން ބުންޏެވެ. 460 ކިލޯމީޓަރަށް ދިގު މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

އުރީދޫއިން ބުނީ ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނޭކަމަށާއި، މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތަޢް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭކަމަށެވެ.

ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އުރީދޫއިން ކުރަމުންދާއިރު، މި ޑައިވް އެކްސިޝަންގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ޗެމްޕިއަން ޤައުމަކަށްވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.