ނިޔާވި ދިވެހި އުމްރާވެރިޔާ
ރިޕޯޓް
24 Jan 2026 | 23:52
އެންމެ މާތް ދަތުރަށް ފެށީ ފަހު ދަތުރަށް ވެދާނެ ކަމަަށް ބުނެ، ނިޔާވުމުގެ ކުރީން ދެ އުމްރާ ކުރި

އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ހަސަން މިއަދު ވަނީ ނިޔާވެފަ އެވެ.

އުމުރުން 86 އަހަރުގެ މުޙައްމަދު ހަސަން، އުމްރާގެ އަޅުކަމަށް ދިޔައީ މި ޖަނަވަރީ މަހު ގިބްލަ ގުރޫޕްގެ ހަވާލުގަ އެވެ. އާއިލާއާ ދަރީންނާއެކު ކުރި މި ދަތުރު މުޙައްމަދު ހަސަނަށް ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ.

އެއީ އުމުރުގެ އެ ހިސާބުގައި އާައިލާއާއެކު އެފަދަ މާތް ދަތުރެއްގައި ދެވޭތީ އެވެ. ނަމަވެސް މިއީ ހަޔާތުގައި ކުރާނެ އެންމެ ފަހު ދަތުރަށް ވެދާނެ ކަމަށް މުޙައްމަދު ހަސަނަށް އިހްސާސް ވި އެވެ. އެ ވާހަކަ އާއިލާގެ ބައެއް މީހުންނާއި ވެސް ހިއްސާކުރި އެވެ.

ނިޔާވުމުގެ ކުރީން ދެ ޢުމްރާ ކުރި

އުމުރުން ދުވަސްވެފައި ވުމުގެ ސަބަބުން މުޙައްމަދު ހަސަންއަށް އުމްރާގެ އަޅުކަން އަދާކުރުން ފަސޭހަ ކަމަކަަށް ނުވި އެވެ. ނަމަވެސް އެ އަޅުކަމަށް އޮތް ބޮޑު ލޯތްބާއެކު ދަތިކަން ހިތަށްވީ ފަސޭހަ ކަމަކަށެވެ.

ވަރަށް ހިތްވަރާ ޝައުގާއެކު ދެ އުމްރާ ފުރިހަމަ ކުރި އެވެ. ހާލު ދެރަވީ އޭގެ ފަހުންނެވެ.

މި ޖަނަވަރީ ޢުމްރާ ދަތުރުގައި ޤިބްލައާއެކު ޢުމްރާގެ އަޅުކަން ފުރިހަމަ ކުރި އުމުރުން 86 އަހަރުގެ މި ބޭބެ މިއަދު މައްކާގައި ވަނީ ނިޔާވެފަ. މި ބޭބެއަކީ މި ދަތުރުގައި އަޅުގަނޑާއެކު އެއް ބަހެއްގައި ދަތުރުތައް ކުރި ބޭބެއެއް. އެ އުމުރުގައި ވަރަށް ހިއްވަރާއެކު ދެ ޢުމްރާ ފުރިހަމަ ކުރި. އަލްޙަމްދުالله

ބޭބެގެ މި ދަތުރަކީ ފަހަރުގައި ޙަޔާތުގައި ކުރާ އެންމެ ފަހު ދަތުރަށް ވެގެން ގޮސްދާނެ

ކަމަށް ފުރުމުގެ ކުރިން ބުނި ކަމަށް މައްކާގައި ތިބި އާޢިލާގެ މީހުން ކިޔާދިން.

ހާލު ދެރަވެ މައްކާގެ ނޫރު ހޮސްޕިޓަލްގަައި އެޑްމިޓް ކުރި އެވެ. ފަހުން އޮތީ ވެންޓިލޭޓަރުގަ އެވެ. މިއަދު ނިޔާވީ ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަރްހޫމްގެ ހަށިގަނޑު ކަށުނަމާދަށް ގެނެސްފައި

ނިމުން އެންމެ މާތް ބިމުގައި

މުޙައްމަދު ހަސަން ނިޔާވުމަކީ އޭނާގެ ކުދީންނާއި މުޅި އާއިލާއަށް ލިބުނު ފުން ހިތާމަ އެކެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެންމެ މާތް ބިމުގައި އުމްރާގެ އަޅުކަމުގައި ހޭދަ ކުރެވިފައި ވުމަކީ އާއިލާއަށް ލިބޭ ހިތްހަމަޖެހުމެވެ.

މުޙައްމަދު ހަސަންގެ މައްޗަށް މިއަދުގެ މަޣްރިބް ނަމާދަށް ފަހު މަސްޖިދުލް ޙަރަމްގައި ވަނީ ކަށުނަމާދު ކޮށްފަ އެވެ. މަސްޖިދުލް ޙަރަމް އަކީ މި ބިންމަތީގައިވާ އެންމެ މާތް ބިނާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.