އިހްތިޖާޖު ކުރަމުންދިޔަ މީހެއް ގަޔަށް ޕެޕާސްޕްރޭ ޖަހައި އަނިޔާ ކުރަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
25 Jan 2026 | 08:20
އެމެރިކާގެ މިނިއާޕޮލިސްގައި ފެޑަރަލް އެޖެންޓުން ބަޑިޖަހައި އާންމު ރައްޔިތަކު މަރާލައިފި

އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި އެގައުމަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން އެމެރިކާގެ ރައްޔިތެއް ބަޑިޖަހައި މަރާލައިފިއެވެ.

މިކަމާ ގުޅިގެން އެ ސިޓީގައި ބޮޑެތި އިހުތިޖާޖުތަކެއް ފަށައި، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސިޓީއަށް ފޮނުއްވާފައިވާ ހަތިޔާރު އެޅި އޮފިސަރުން ވަގުތުން ބޭރުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

މިނިއާޕޮލިސްގެ ޕޮލިސް ޗީފް ބްރަޔަން އޯހާރާ ބުނި ގޮތުގައި، ހޮނިހިރު ދުވަހު ފެޑަރަލް އެޖެންޓުން ދިން ބަޑީގެ ހަމަލާތަކުގައި މަރުވެފައިވަނީ އުމުރުން 37 އަހަރުގެ އެލެކްސް ޕްރެޓީއެވެ. އޭނާއަކީ އެ ސިޓީގެ އައިސީޔޫ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އެމެރިކާގެ ރައްޔިތެކެވެ.

މި ހާދިސާ ހިނގާފައިވަނީ ޓްރަމްޕްގެ ސަރުކާރުން ހިޖުރަވެރިންނާ ދެކޮޅަށް ފަށާފައިވާ "އެންޓި-އިމިގްރޭޝަން" ކެމްޕޭނުގެ ދަށުން މިނިއާޕޮލިސްގައި ފެޑަރަލް އެޖެންޓުން ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ޖެނުއަރީ 7 ވަނަ ދުވަހުވެސް އައިސް (ICE) އޮފިސަރަކު ވަނީ ބަޑިޖަހައި އަންހެނަކު މަރާލާފައެވެ. އަދި މިދިޔަ ހަފުތާގައި ވެނެޒުއޭލާގެ ރައްޔިތަކަށްވެސް ވަނީ ބަޑީގެ ހަމަލާދީފައެވެ.

މި ހާދިސާއާ ގުޅިގެން މިންސޫޓާގެ ގަވަރުނަރު ޓިމް ވޯލްޒް ބުނީ، މިއީ މިހާރު ހިޖުރަވެރިންގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އެ ސްޓޭޓްގެ ރައްޔިތުންނާ ދެކޮޅަށް ރޭވުންތެރިކަމާއެކު ހިންގާ ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. ނަމަވެސް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެފައިވަނީ އެޖެންޓުން ބަޑިޖެހީ ހަތިޔާރާއެކު ހުރި މީހަކު އެމީހުންނަށް ހަމަލާދޭން އުޅުމުން ދިފާއުގައި ކަމަށެވެ.

މި މައްސަލައިގައި ރައީސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގަވަރުނަރާއި މިނިއާޕޮލިސްގެ މޭޔަރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޓްރަމްޕް ތުހުމަތު ކުރި ގޮތުގައި އެ ސިޓީގެ ފުލުހުންނަށް އައިސް އޮފިސަރުން ހިމާޔަތްކުރުމުގެ ފުރުސަތު ނުދީ، ވެރިން ދަނީ ބަޣާވާތަކަށް ހިތްވަރު ދެމުންނެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެލެކްސް ޕްރެޓީ މަގުމަތީގައި ހުރެ ފޯނުން ވީޑިއޯ ކުރަނިކޮށް އެޖެންޓުން އޭނާއަށް ޕެޕަރ ސްޕްރޭ ޖަހައި، ބިމަށް ވައްޓާލައި އަނިޔާކުރެއެވެ. އަދި އޭނާ ބިމުގައި އޮއްވައި އެތައް ފަހަރަކު ބަޑިޖަހާ މަންޒަރު ފެނެއެވެ. ތަހުގީގީ އިދާރާއެއް ކަމަށްވާ ބެލިންގްކެޓުން ބުނާ ގޮތުގައި، ފުރަތަމަ ބަޑިޖެހުމުގެ ކުރިންވެސް އޭނާގެ އަތުގައި އޮތް ފިސްތޯލަ އެޖެންޓުން ވަނީ އަތުލާފައެވެ.

މިނިއާޕޮލިސްގެ މޭޔަރު ޖޭކޮބް ފްރޭ ބުނީ، މާސްކު އަޅައިގެން ތިބި އެޖެންޓުން އާންމު ރައްޔިތަކަށް އަނިޔާކޮށް މަރާލާ މަންޒަރު ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެމެރިކާގެ ރައްޔިތުންގެ ފުރާނަ ގުރުބާން ނުކުރުމަށް އޭނާ ޓްރަމްޕަށް ގޮވާލިއެވެ.

މި ހާދިސާއާ ގުޅިގެން އެ ސިޓީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަމުންދާއިރު، ފެޑަރަލް އެޖެންޓުން ދަނީ ކަރުނަގޭސް ބޭނުންކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.