އަފްޣާނިސްތާނަށް ބޯކޮށް ސްނޯ ފައިބާފާ-- ފޮޓޯ/ އޭއެފްޕީ
ދުނިޔެ
25 Jan 2026 | 14:54
އަފްޣާނިސްތާނުގައި ގަދަ ފިނީގެ ސަބަބުން 3 ދުވަސް ތެރޭ 61 މަރު

އަފްޣާނިސްތާނަށް ވޭތުވެދިޔަ 3 ދުވަހު ކުރިމަތިވި ގަދަ ފިންޏާއި، ބޯކޮށް ސްނޮ ފޭބުމުގެ ސަބަބުން 61 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ރިޕޯޓުކޮށްފިއެވެ. 

މި ހާދިސާތަކުގެ ސަބަބުން، ސިލްސިލާކޮށް ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، ބައެއް ޕްރޮވިންސްތަކުގައި ގެދޮރު ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.

އަފްޣާނިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަފުތާގެ މެދުތެރެއިން ފެށިގެން ކުރިމަތިވި މި ގޯސް މޫސުމުގައި މިހާތަނަށް މަދުވެގެން 61 މީހަކު މަރުވެ، 110 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އެގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން 15 ޕްރޮވިންސަކަށް މި ތޫފާނުގެ އަސަރު ކޮށްފައިވާއިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ބޯކޮށް ފޭބި ސްނޯގެ ބަރުދަން ހިފަހައްޓާނުލެވިގެން ގެދޮރުގެ ފުރާޅުތައް ވެއްޓި އޭގެ ދަށުވި މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ކިސަޑާއި ނާޒުކު ސާމާނުން ހަދާފައިވާ ގެތަކެވެ. މީގެ އިތުރުން ބައެއް މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިއުމާއި، ކުއްލި ފެންބޮޑުވުމުގެ ހާދިސާތަކުގައާއި ގަދަ ފިނީގެ ސަބަބުންނެވެ.

މި ހާދިސާގައި އެތައް ސަތޭކަ ގެއެއް އެއްކޮށް ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފިނި މޫސުމުގެ މި އުނދަގޫ ދަނޑިވަޅުގައި އެތައް ސަތޭކަ އާއިލާއެއް ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. އަދި ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމަށް ބަރޯސާވާ ރަށުފުށުގެ ސަރަހައްދުތަކުގެ ގިނަ އަދަދެއްގެ ގެރިބަކަރިތައް މަރުވުމަކީ އެ ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

އެގައުމުގެ ދަތުރުފަތުރާއި އުމްރާނީ ވަސީލަތްތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ. އެގޮތުން، އުތުރުގެ ސަރަހައްދުތަކާއި ވެރިރަށް ކާބުލް ގުޅުވައިދޭ މައި މަގު ކަމަށްވާ ސާލަންގް ހައިވޭ ވަނީ ބޯކޮށް ސްނޯ ފޭބުމާއި ބޯގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންދުކުރަން ޖެހިފައެވެ. މީގެ ސަބަބުން ދަތުރުވެރިން މަގުމަތީގައި ތާށިވެ، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އަދި ބައެއް ސަރަހައްދުތަކުގެ ކަރަންޓު ވިއުގައަށް ގެއްލުން ލިބި، އެތައް ހާސް ބަޔަކު ތިބީ ގަދަ ފިންޏާއި އަނދިރީގައެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން މައުލޫމާތުދޭ ގޮތުގައި މެދުނުކެނޑި ސްނޯ ފޭބުމާއި، މަގުތައް ބަންދުވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ވަކިން ހާއްސަކޮށް ފަރުބަދަމަތީ ދުރު ސަރަހައްދުތަކަށް ދިއުމުގައި ބޮޑެތި އުނދަގޫތަކެއް ހުރިކަން އޮފިޝަލުން ފާހަގަކުރެއެވެ. 

ގިނަ އަހަރުތަކެއްގެ ހަނގުރާމައާއި، އުމްރާނީ ވަސީލަތްތައް ބަލިކަށިވުމާއި، ފަގީރުކަން އިންތިހާއަށް އޮތުމުގެ ސަބަބުން އަފްޣާނިސްތާނަކީ ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ވަރަށް ބޮޑު ގައުމެކެވެ. އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި ގަދަ ފިނީގެ ސަބަބުން އެހީއަށް ބޭނުންވެފައިވާ މިލިއަނަކަށްވުރެ ގިނަ މީހުންގެ ހާލަތު އިތުރަށް ގޯސްވެގެންދާނެއެވެ. އެހެންކަމުން، ކަމާބެހޭ އިދާރާތަކުން ވަނީ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.