"މުސްލިމް ޓްރެވަލް ޝޯ 2026" ގެ ތެރެއިން-- ފޮޓޯ// އައި.އެޗް.ޓީ.އޯ
ހަބަރު
25 Jan 2026 | 14:24
ލަންޑަނުގައި ބާއްވާ "މުސްލިމް ޓްރެވަލް ޝޯ 2026" ގައި ރާއްޖެއިން އައި.އެޗް.ޓީ.އޯ ބައިވެރިވަނީ

ދުނިޔޭގެ އެންމެ ބޮޑު ހަލާލް އަދި މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ "މުސްލިމް ޓްރެވަލް ޝޯ 2026" ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވާނެކަން އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން އިޢުލާނުކޮށްފިއެވެ.

މި މައުރަޒު ކުރިއަށްދާނީ 2026 ފެބުރުވަރީ 7 އިން 8 އަށް ލަންޑަނުގެ އެކްސެލްގައެވެ.

އައި.އެޗް.ޓީ.އޯ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ / ވިޒިޓް މޯލްޑިވްސް)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަން (އެމް.ބީ.އޭ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) އިން ވަނީ ރަސްމީކޮށް ތާއީދުކޮށްފައެވެ. މިއީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބައިނަލްއަގުވާމީ ހަލާލް ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މުސްލިމް ޓްރެވަލް ޝޯއަކީ ވިޔަފާރިވެރިންގެ މެދުގައި ބާއްވާ ގުޅުންތަކާއި (ބީ2ބީ) ކަސްޓަމަރުންނާ ސީދާ ބައްދަލުވާ (ބީ2ސީ) ހަރަކާތްތައް ހިމެނޭ، ހަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔެ ގަބޫލުކުރާ އެންމެ ބޮޑު މަންސައެވެ. އެގޮތުން، މިއަހަރުގެ މައުރަޒުގައި ދެ ދުވަހުގެ ތެރޭގައި 20،000 އަށްވުރެ ގިނަ ޒިޔާރަތްތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރޭގައި އެއާލައިންތަކާއި، އެއާޕޯޓްތައް، ގައުމީ ފަތުރުވެރިކަމާ ބެހޭ އިދާރާތައް، ހޮޓާތަކާއި ރިސޯޓްތައް، އޮންލައިން ޓްރެވަލް އެޖެންސީތައް އަދި ހަލާލް ޚިދުމަތްދޭ މަޝްހޫރު ބްރޭންޑްތައް ހިމެނޭހެން 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ.

މި މައުރަޒަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބްރޭންޑްތަކުން، މުސްލިމް ފަތުރުވެރިންނަށް ޚާއްޞަ ފުރުސަތުތައް ތައާރަފުކުރުމަށާއި، ހަލާލް އުސޫލުތަކަށް ފެތޭ ޚިދުމަތްތައް ދައްކާލުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. އެގޮތުން، ރާއްޖެއަށް ބަލާއިރު، މިއީ ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތައް، ޓްރެވަލް އެޖެންސީތައް، ސަފާރީ އުޅަނދުތައް އަދި އާއިލީ ފަތުރުވެރިކަމަށް އެކަށޭނަ ޚިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

"މުސްލިމް ޓްރެވަލް ޝޯ 2026" ގެ ތެރެއިން-- ފޮޓޯ// އައި.އެޗް.ޓީ.އޯ

ދުނިޔޭގެ މުސްލިމް ފަތުރުވެރިކަމުގެ ބާޒާރަކީ މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ. އަހަރަކު 200 އާއި 300 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި ބާޒާރު، 2035 ވަނަ އަހަރާ ހަމައަށްދާއިރު 500 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. 2024 ވަނަ އަހަރު 176 މިލިއަން މުސްލިމް ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 245 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ މުސްލިމުންނަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ހަލާލް ފަތުރުވެރިކަމުގެ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނައުމަށް ބާރުއެޅުން ކަމަށް އައި.އެޗް.ޓީ.އޯ އިން ބުނެފައިވެއެވެ. އަދި ހަލާލް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިން ތައްޔާރުވުމަކީ، ދުނިޔޭގެ ވާދަވެރި ބާޒާރުގައި ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރުންނަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.

އައި.އެޗް.ޓީ.އޯ އިން ވަނީ މި މައުރަޒުގައި ރާއްޖޭގެ "ނޭޝަނަލް ސްޓޭންޑް" ގައި ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.ihto.org މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެކަމަށާއި، [email protected] އަށް އީމެއިލް ކޮށްގެން ނުވަތަ 9466777 960+ ނަންބަރަށް ގުޅައިގެންވެސް އިތުރު މަޢުލޫމާތު ހޯދޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.