ޔަމާލް.. ފޮޓޯ: ބާސެލޯނާ
ކުޅިވަރު
26 Jan 2026 | 08:35
ޔަމާލްގެ ހިތްގައިމު ލަނޑާއެކު ބާސެލޯނާއަށް މުހިންމު މޮޅެއް

ޔަމާލްގެ ހިތްގައިމު ލަނދާއެކު ރޭ ރެއާލް އޮވިއޭޑޯ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އޮވިއޭޑޯގެ މައްޗަށް އެޓީމް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިެގެންދިޔަ މިމެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ފަހުހާފްގައެވެ.

ބާސެލޯނާއަށް ގޯލް ހުޅުވާލަދިނީ 52 ވަނަ މިނެޓް ގައި އޮލްމޯއެވެ. ބާސާގެ ދެވަނަ ލަނޑު ރަފީނިއާއެވެ. މެޗްގައި ފެނިގެންދިޔަ، އަދި މި ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމުލަނޑު ޔަމާލް ޖަހާފައިވަނީ 73 ވަނަ މިނެޓް ތެރޭގައެވެ. މިއީ މި ސީޒަނުގައި ލީގްގައި ފެނިގެންދިޔަ އޭނާގެ 8 ވަނަ ލަނޑެވެ. މި ލަނޑު ޖަހާފައިވަނީ ބައިސިކަލް ކިކަކުންނެވެ. 

ރޭގެ މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ބާސެލޯނާއިންނެވެ. މެޗްގައި އޮވިއޭޑޯއަށް ލަނޑެއް ނުޖެހުނު ނަމަވެސް އެޓީމުން ވަނީ ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ސްޕެނިޝް ލީގްގައި ރޭ ކުޅުނު މެޗަށްފަހު ތާވަލްގެ ދެވަނާގައި އުޅޭ ރެއާލް މެޑްރިޑަށްވުރެ އެއްޕޮއިންޓްގެ ފަރަގަކާއެކު އެއްވަނާގައި ބާސެލޯނާ އޮތީ 52 ޕޮއިންޓާއެކުގައެވެ.

ސްޕެނިޗް ލީގް ތާވަލް

ލީގްގައި ރޭ ރެއާލް މެޑްރިޑާ ވިޔަރެއާލް ބައްދަލުކުރިމެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. މެޗްގައި ފެނިގެންދިޔަ ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. ރޭގެ މެޗްގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 21 ހަށް އަރާފައެވެ. ސްޕެއިން ލީގްގެ އެންމެ ގިނަ ލަނޑު މި ސީޒަނުގައި ޖަހާފައި ވަނީ އެމްބާޕޭއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ