ސައުދީން މީގެ ކުރިން ހަދިޔާކުރި ކަދުރު... ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
26 Jan 2026 | 11:03
އާދައިގެމަތިން މިފަހަރުވެސް ސައުދީން ހަދިޔާކުރާ ކަދުރުބެހުން އޮންނާނެ

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރުބެހުން މިފަހަރުވެސް އޮންނާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އޮފިޝަލް ވިދާޅުވީ ސައުދީން ހަދިޔާކުރާ ކަދުރު ބެހުން މިފަހަރުވެސް ކުރިއަށްދާނޭކަމަށެވެ. ނަމަވެސް އެކަން ކުރިއަށްގެންދާނޭ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ވަރަށް އަވަހަށް އެ މައުލޫމާތު އާއްމުކުރާނޭކަމަށް އޮފިޝަލް ވަނީ ފާަހގަކުރައްވާފައެވެ. 

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީން ރާއްޖެއަސް ކަދުރު ހަދިޔާކުރެއެވެ. ސައުދީން ހަދިޔާކުރި ކަދުރު މިދިޔަ ފަހަރު ބަހަން ފަށާފައިވަނީ ޖެނުއަރީމަހުގެ ފަހުކޮޅުއެވެ. އެއީ ރޯދައިގެ ކުރިންނެވެ.

ސައުދީން މިދިޔަ އަހަރު ރާއްޖެއަށް ކަދުރު ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން

މިދިޔަ އަހަރު ސައުދީން ވަނީ ރާއްޖެއަށް 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އެ އަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން އެ އަހަރު ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވި ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.

ސައުދީ ބަހާ ކަދުރަށް ދިވެހިންގެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާއިރު، ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރަނީ ދެޤައުމުގެ ދެމެދުގައި އޮންނަ އިސްލާމީ އަހްވަންތަގުޅުމުގެ ރަމްޒެއްގެ ދަށުން ސައުދީ ރަސްގެފާނުގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.