ފިލިޕީންސްގައި ބަންޑުން ޖަހާލި ފެރީއިން މިހުން ސަލާމަތް ކުރުމުގެ ތެރެއިން-- ފޮޓޯ/ އޭޕީ
ދުނިޔެ
26 Jan 2026 | 12:05
ފިލިޕީންސްގައި ފެރީއެއް އަޑިއަށްގޮސް، 15 މީހުން މަރުވެއްޖެ

ފިލިޕީންސްގެ ދެކުނުގެ ބެސިލަން ޕްރޮވިންސްގެ ކަނޑުގެ ސަރަހައްދަށް ދިޔުމަށް 350 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް މިއަދު ފަތިހުގެ ވަގުތެއްގައި އަޑިއަށް ގޮސް 15 މީހުން މަރުވެއްޖެއެވެ.

"އެމް.ވީ ޓްރިޝާ ކާސްޓިން 3" ނަމަކަށް ކިޔާ މި ފެރީ ދަތުރުކުރަމުން ދިޔައީ ޒަމްބޮއަންގާ ސިޓީން ސުލޫ ޕްރޮވިންސްގެ ޖޯލޯ އައިލެންޑަށެވެ. ދެކުނު ފިލިޕީންސްގެ ބަލުކް-ބަލުކް ރަށާ ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ދުރުން ފެރީ އަޑިއަށް ދާންފަށާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިއާއެކު އެ ފެރީއިން ވަނީ އެހީއަށް ވެސް އެދިފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި އުޅަނދުގައި 332 ފަސިންޖަރުންނާއި 27 ފަޅުވެރިން ތިއްބެވެ. 

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނި ގޮތުގައި، ކޯސްޓްގާޑާއި ނޭވީ އަދި އެއާފޯސްގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވި މަސްވެރި އުޅަނދުފަހަރުގެ އެހީތެރިކަމާއެކު 300 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުން އިޒަބެލާ ސިޓީއާއި ޒަމްބޮއަންގާގެ ބަނދަރުތަކަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް ދަނީ ލިބުނު އަނިޔާތަކަށާއި ފިނީގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދިން ގޮތުގައި، މި ހާދިސާގައި ކުޑަކުއްޖަކާއެކު ޖުމްލަ 15 މީހުން ވަނީ މަރުވެފައެވެ. އަދިވެސް 28 ވަރަކަށް މީހުންގެ ޚަބަރެއް ނުވެއެވެ. މި މީހުން ހޯދުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، އޮޕަރޭޝަން މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ފެރީ އަޑިއަށް ދާން ދިމާވި ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ރިޕޯޓްތަކުން އެނގޭ ގޮތުގައި އުޅަނދަށް ދިމާވީ ޓެކްނިކަލް މައްސަލައެކެވެ. މި ހާދިސާ ހިނގި ވަގުތު މޫސުން ގޯސް ނޫން ކަމަށާއި، އުޅަނދުގައި މީހުން ގިނަވެ ބަރުވެފައި ނުވާ ކަމަށްވެސް އޮފިޝަލުން ފާހަގަކުރެއްވިއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ.

7000 އަށް ވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ފިލިޕީންސްގައި ކަނޑުދަތުރުފަތުރަކީ އާންމު ކަމަކަށް ވާއިރު، ފެރީތަކަށް ދިމާވާ މިފަދަ ހާދިސާތަކަކީ އެ ގައުމުގައި ތަކުރާރުވަމުންދާ ކަމެކެވެ. އުޅަނދުތައް ބާވުމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ހުރި އިހުމާލުތަކާ މެދު ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިންޒާރު ދެމުންދާއިރު، މި ހާދިސާގެ ތަހުގީގުގައި އެ ކަންކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.