"ރޯދަ ބާޒާރު ފެސްޓިވަލް" ގެ ތެރެއިން-- ފޮޓޯ/ އެޗްޑީސީ
ހަބަރު
26 Jan 2026 | 14:09
"ރޯދަ ބާޒާރު ފެސްޓިވަލް"ގެ ސްޓޯލްތަކަށް އެދި ހުށަހެޅުން މިރެއަށް ހަމަވަނީ

ކުރިއަށްއޮތް ރަމަޟާންމަހާއި ދިމާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ރޯދަ ބާޒާރު ފެސްޓިވަލް' އިން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިރޭ 21:00 އަށް ހަމަވާނެކަމަށް އެޗްޑީސީން ބުނެފިއެވެ.

ރަމަޟާން މަހާއި ދިމާކޮށް އެޗްޑީސީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި ތަކެތި ވިއްކުމަށް ސްޓޯލްތައް ކުއްޔަށް ނެގުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 24 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ 21:00 ގައެވެ. 

އެޗްޑީސީން ބުނީ މި އަހަރުގެ ރޯދަ ބާޒާރު ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ކަމަށެވެ.

ރޯދަ ބާޒާރު ފެސްޓިވަލުގައި އެކި ކަންކަމަށް ޚާއްޞަ ކޮށްގެން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ސްޓޯލަކީވެސް 10 ފޫޓު 10 ފޫޓުގެ ސްޓޯލްތަކެކެވެ. މީގެ ތެރޭގައި މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި ވިއްކުމަށް ހާއްސަ 20 ސްޓޯލް، ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު ވިއްކުމަށް ހާއްސަ 24 ސްޓޯލް، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު ވިއްކުމަށް 10 ސްޓޯލް، ކްލޯތްސް އެންޑް ވެއަރަބަލްސް އަށް ހާއްސަ 10 ސްޓޯލް، ހޯމް ކެއަރ އެންޑް ހާރޑްވެއަރއަށް 8 ސްޓޯލް، ފާރނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް އަށް 6 ސްޓޯލް އަދި ފުޑް އެންޑް ބެވަރޭޖް އަށް 10 ސްޓޯލް ހިމެނެއެވެ. މީގެ އިތުރުން، "މިސެލޭނިއަސް' (ފުޑް އެންޑް ބެވަރޭޖް ނުހިމެނޭގޮތަށް) ކެޓަގަރީއެއްވެސް ވަނީ އަލަށް އުފައްދާފައެވެ. 

މި ފެސްޓިވަލް 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު ސްޓޯލުތަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއިން ފެށިގެން 8،500 ރުފިޔާއާއި ދެމެދުގެ އަގުތަކެކެވެ. 

މި ފެސްޓިވަލްގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. 

އެޗްޑިސީން ބުނާ ގޮތުގައި ސްޓޯލް ކުއްޔަށް ހިފާ ފަރާތުން ނުވަތަ ސްޓޯލުގައި ތަކެތި ވިއްކަން ހުންނަ ފަރާތުން ސްޓޯލުގައި ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން އާންމުންނަށް އުނދަގުލަކަށް ނުވަތަ ގޯނާއަކަށް ވެދާނެ ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުގެ އިޙުމާލަކުން ކުއްޔަށް ދޫކޮށްފައިވާ ސްޓޯލް ނުވަތަ ފެސްޓިވަލް ހިނގާ ސަރަޙައްދަަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން އުފުލަން ޖެހޭނެއެވެ. މީގެ އިތުރުން، އެޗްޑީސީއިން ބުނީ ސްޓޯލު ބޭރުގައި ޢާންމު ސަރަޙައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި ސްޓޯލު ދީފައިވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔައް ދިނުމަކީވެސް މަނާ ކަމެއް ކަމަށެވެ. 

މި ފެސްޓިވަލްގައި ބައިވެރިވުމަށް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މި ފޯމާއިއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓުން ދޫކުރާ ޕްރޮފައިލް ޝީޓް އަދި ބޯޑު ރިޒޮލިއުޝަން ވެސް ހުށަހަޅަންޖެހޭނެއެވެ. 

އެޗްޑީސީއިން ބުނީ ލިންކު މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނީ ފަސްޓު-ކަމް ފަސްޓު ސާވް އުސޫލުން ކަމަށެވެ. 

މި ފެސްޓިވަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.