އެސްޖޭއިން ހުޅުމާލޭގައި އިމާރާތްކުރަމުންދާ މިސްކިތް... ފޮޓޯ: ވޮއިސް
ހަބަރު
26 Jan 2026 | 15:30
މިސްކިތް ނުނިންމައި އެސްޖޭއިން ރިސޯޓްހަދަން ރަށެއް ނަގައިފި

އެސްޖޭ ކުންފުނިން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ މިސްކިތުގެ މަސައްކަތް ނުނިންމާ އުޅެނިކޮށް އެކުންފުނިން ރިސޯޓެއް ހެދުމަށް ރަށެއް ނަގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމުގެ ބައެއް ލިޔެކިޔުންތައް މީޑިއާއާ ހިއްސާކޮށްފައެވެ. އެސްޖޭއިން ރިސޯޓް ތަރައްޤީކުރުމަށް ނަގާފައިވަނީ، ޅ. އަތޮޅު ވިހަފަރު ފިނޮޅެވެ. މި ރަށް އެސްޖޭއިން ނަގާފައިވަނީ، ޓޫރިޒަމުން ހުޅުވާލި ފުރުސަތެއްގައި ޕްރޮޕޯސަލް ހުށަހަޅައިގެންނެވެ. 

ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ފިހަފަރު އެސްޖޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިވެސްކޮށްފައެވެ. އެސްޖޭ ކުންފުންޏަށް ރިސޯޓް ހަދަން ރަށެއް ދިނުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާއިރު، އެކުންފުނިން ފޭސް ދޭއްގައި އިމާރާތްކޮށް ނިންމަން ޖެހޭ މިސްކިތެއް ކަނޑައެޅިފައިވާ ތާރީހަށް ނުނިންމުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 

އެސްޖޭއަށް ދިންކަމަށް ބުނާ ފިނޮޅު.. ފޮޓޯ: ގޫގުލް އިމޭޖް

ފޭސް ދޭއްގެ ސަލާހުއްދީން ސްކޫލް ކައިރީގައި ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އެކުންފުންޏަށް ދީފައިވަނީ މިދިޔަ ޑިސެމްބަރުމަހެވެ. ނަމަވެސް އަދިވެސް އެ މިސްކިތް ނިމިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އެސްޖޭއިން ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ވަނީ މިސްކިތް އިމާރާތްކުރުމަށް އެސްޖޭއަށް ދޭންޖެހޭ ފައިސާ ދީ ނިންމާފައެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ނުނިމެނީސް އެސްޖޭއަށް ރިސޯޓެއް ހަދަން ދިން ސަބަބެއް އަދި ޓޫރިޒަމް މިނިސްޓްރީއަކުން އަދި މިހާތަނަކަށް ނުބުނެއެވެ. 

މިސްކިތާއި އަދި ހައުސިންގެ އިމާރާތްކުރާ ބައެއް ކުންފުނިތަކުން ނާޖާއިޒް ފައިދާ ނަގައި، ރާއްޖެއިން ބޭރުން ޑިއުޓީއެއްނެތި މުދާ ގެންނަ މައްސަލަތަކަކީވެސް ރާއްޖޭގައި ހިނގަމުން އަންނަ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. މިކަންކަމުގައި ދައުލަތުގެ އިދާރާތަކުގެ އެކި ފަންތީގެ މުއައްޒަފުން ބައިވެރިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުންނާއި ކޮމިޓީތަކުން މަޖިލީހުގެ މެމްބަރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުން ފާހަގަކުރެއެވެ.

ކޮމެންޓް
ލަޓޯ
މިސްކިތް ނިންމުމުގެ ނަމުގަ ރިސޯޓު ހަދާ ސާމާނުގެ އިންޕޯޓް ފީ ނުދައްކާނެ ގޮތެއް ތި ހޯދީ
27 Jan 2026
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.