ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ހަބަރު
26 Jan 2026 | 17:24
އުމަރުގެ ސިޓީއެއް އީސީއަށް: ތާއީދު ފޯމް ފުރަން އީފާސް ބޭނުންކުރަން ޖެހުމަކީ ހައްގަށް އުނިކަން ލިބޭ ކަމެއް

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަން ޖެހޭ 50 ސޮއި ހޯދުމުގައި އެ ސޮއިދޭ މީހާ އެ މީހާ އަމިއްލައަށް އީފާސް މެދުވެރިކޮށް ވެރިފައި ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ އެ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި އުމަރު ވިދާޅުވި ގޮތުގައި އެކަން އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސްގެ ސަމާލު ކަމަށް ގެންނަވަނީ އޭނާ އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އަދި 2028 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ގަސްތުކޮށްގެން ހުރި ކެންޑިޑޭޓަކަށް ވާތީ އެވެ.

އީފާސް ބޭނުންކޮށްގެން ހިދުމަތް ހޯދަން ދަންނަނީ ރާއްޖޭގެ އާބާދީގެ 10 އިންސައްތަ ކަމަށާ އަނެއް 90 އިންސައްތަ މީހުންނަކީ ދުވަހަކުވެސް އީފާސް ބޭނުން ނުކުރާ ނުވަތަ ބޭނުންކުރަން ނުދަންނަ މީހުން ކަމަށް އުމަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެން ކަމުން އެ 90 އިންސައްތަ މީހުންގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިފަދަ ހުރަހެއް ކުރިމަތި ކުރުވުމަކީ ގާނޫނަކުން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާބުތަކުގައި މީހުންނަށް ފަރިތަ އުސޫލުތަކަަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އިންތިހާބަށް އޮފިޝަލުން ހޯދުމުގައި އީފާސް މެދުވެރިކޮށް ނަން ހުށައަޅަން ޖެހުމުން އޮފިޝަލުން ލިބުމުގައި ވެސް ދަތިވިކަން އުމަރުގެ ސިޓީގައި ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން އެ އުސޫލު ބާތިލުކޮށްދޭން އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.