މި ހާދިސާގައި މީހުން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ-- ފޮޓޯ/ އީޕީއޭ
ދުނިޔެ
27 Jan 2026 | 10:03
ފިލިޕީންސްގައި ފެރީ ބަނޑުން ޖަހާލި ހާދިސާއިން މަރުވި މީހުންގެ އަދަދު 18 އަށް

ފިލިޕީންސްގައި އިއްޔެ ފެރީއެއް ބަނޑުން ޖަހާލާ، ހިނގި ހާދިސާގެ ތެރެއިން މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިކަމަށް އެގަުމުން ރިޕޯޓުކޮށްފިއެވެ. 

"އެމް.ވީ. ޓްރިޝާ ކާސްޓިން 3" ނަމަކަށް ކިޔާ ފަސިންޖަރުންނާއި މުދާ އުފުލާ މި ފެރީ ބަންޑުން ޖަހާލާފައިވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައެވެ. މި ފެރީ ދަތުރުކުރަމުންދިޔައީ 332 ފަސިންޖަރުންނާއި 27 ފަޅުވެރިންނާއެކު، ޒަމްބޮއަންގާ ސިޓީން ސުލޫ ޕްރޮވިންސްގެ ޖޯލޯ އައިލެންޑަށޭވެ. 

ރިޕޯޓުތަކުން ބުނާ ގޮތުގައި މި ފެރީން އެހީއަށް އެދި ސިގްނަލް ފޮނުވާފައިވަނީ އެ ޤައުމުގެ ގަޑިން ފަތިހު 1:50 ހާއިރުއެވެ. އަދި ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި މި އުޅަނދު ބަންޑުން ޖަހާލާފައިވަނީ ބަލޫކް-ބަލޫކް ރަށާ ދެތިން މޭލު ބޭރުންނެވެ.

މި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ އުޅަނދުތަކާއި، ނޭވީ ޕެޓްރޯލް ބޯޓުތަކާއި، އަސްކަރީ މަތިންދާބޯޓުތަކުގެ އިތުރުން ކައިރީގައި ހުރި މަސްވެރި ދޯނިފަހަރުވެސް ބައިވެރިވަމުންދާކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މައުލޫމާތުދެއެވެ. އެގޮތުން، މިހާތަނަށް 310 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާއިރު، އަނިޔާވި މީހުންނަށް އިސަބެލާ ސިޓީގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއިން ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި، ކުއްލިއަކަށް ފެރީއަރިއަޅާލުމަށްފަހު، ވަރަށް އަވަހަށް ފެރީގެ ތެރެއަށް ފެން ވަދެ، ބަންޑުން ޖަހާލީއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އެއްފަހަރާ ކަނޑަށް ވެއްޓުނު ކަމަށް އެމީހުން ކިޔައިދިނެވެ. ބައެއް ރިޕޯޓުތަކުގައި ކަނޑުގަދަ ކަމަށް ބުނި ނަމަވެސް، މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވަނީ ދަތުރު ފެށި އިރު މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ.

ސަރުކާރުގެ އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި، އެ ފެރީ ދަތުރުކޮށްފައިވަނީ ހުއްދަ ދެވިފައިވާ ފަސިންޖަރުންގެ އަދަދަށްވުރެ އިތުރުނުވާ ގޮތަށެވެ. އެހެންކަމުން، މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ރަސްމީ ތަޙުޤީޤެއް ފަށާފައެވެ.

ފިލިޕީންސްއަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ޤައުމަކަށްވުމުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ފެރީގެ ޚިދުމަތަކީ ވަރަށް މުހިންމު ވަސީލަތެކެވެ. އެހެންނަމަވެސް، ބޯޓުފަހަރު ބާވުމާއި، ކުއްލިއަކަށް މޫސުން ގޯސްވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް އެ ޤައުމުގައި ދޭތެރެއަކުން ހިނގައެވެ. އެހެންކަމުން، ސަރުކާރާއި މުޖުތަމަޢުގެ އިސްވެރިން ވަނީ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށާއި މަރުވި މީހުންގެ ޢާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސްފަރުވާ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.