ޝަހީދު އަލީ ސުކޫލް ހުޅުވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Jan 2026 | 09:49
”ސްޕޫން ފީޑް“ ކޮށްގެން ދަރިވަރުންނަށް ކިޔަަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ: ވަޒީރު ޝަފީޢު

ދަރިވަރުންނަށް ”ސްޕޫން ފީޑުކޮށް“ އެ ކުދިން ކިޔެވުމުގެ އެއްވެސް ޒިންމާއެއް ނުނަގާގޮތަށް ކިޔަވައިދިނުމުގެ ވައްޓަފާޅި ގެންގުޅުމުގެ ބަދަލުގައި، ކިޔެވުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ދަރިވަރުން ބިނާ ކުރުމަށް ތަައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އެދިވަޑައިގެންފިއެވެ. 

ދިރާސީ އައު އަހަރު މިއަދު ފެށިފައިވާއިރު، ހުޅުމާލޭގައި މި އަހަރު އަލަށް ހުޅުވާ، ޝަހީދު ޢަލީ ސުކޫލްގައި ކިޔަވަން ފެށުމުގެ ގޮތުން ބޭއްވި ރަސްމކއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަދުގެ ދަރިވަރުންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށެވެ. އަދި އެދަރިވަރުންނަކީ ކާމިޔާބު އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަންވާނެކަމަށެވެ. 

އެންމެ މުހިންމު ކަމަކަށް މި ދިރާސީ އަހަރުގައި ކުރަން ރާވާފައިވާ ކަމަކީ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚުލާގާއި، ރިވެތި ސުލޫކު ގާއިމް ކުރުމަށްޓަކައި މުޅި އަހަރުތެރެއަށް ބަހާލައިގެން ކުރިއަށްގެންދާ ތަރުބަވީ ޚާއްސަ ޕްރޮގްރާމެއް މިނިސްޓްރީން މިހާރު ވަނީ ތަރުތީބު ކޮށްފައި. އެ ޕްރޮގްރާމް. އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަހު ފެށޭނެ. 

ތަައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު

ޝަހީދު ޢަލީ ސްކޫލްގެ ދަރިވަރުން: ފޮޓޯ/ ރައީސް އޮފީސް

މިއާއެކު ވަޒީރު ވަނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

އަބަދުމެ ސްޕޫންފީޑް ކޮށްގެން، އަބަދުމެ ކައިރީގައި ބައިންދައިގެން ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރަންއެބަޖެހޭ. ފިކުރާއި ވިސްނުން ތަރައްޤީވާނީ އޭރުން. ދަރިވަރުންނަށް ކިޔެވުމަށް މިނިވަންކަންދޭން އެބަޖެހޭ.

ތަައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު

އަމިއްލަ އުނގެނުމަށް ޒިންމާދާރު ޖީލެއް ބިނާކުރެވިއްޖެނަމަ، މަސައްކަތުގެ މާހަލުގަޔާއި އަމިއްލަ ދިރިއުޅުމާމެދުވެސް ޒިންމާދާރު ޖީލެއް ބިނާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.