މޯދީ އާއި ރައީސް މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Jan 2026 | 10:30
ރާއްޖެއާއި އިންޑިޔާ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތް ކުރިއަށްގެންދާނަން: މޯދީ

ރާއްޖެއާއި އިންޑިޔާ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތް ކުރިއަށްގެންދާވާނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. 

މޯދީ މިހެން ވިދާޅުވީ، އިންޑިޔާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް، ޝުކުރު އަދާކުރައްވައި ކުރެއްވި ޕޯސްޓުގައެވެ. 

އެގޮތުން 'އެކްސް' ގައި މޯދީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިޔާގެ ރައްޔިތުންގެ މަންފާއަށްޓަކައި ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދަވާނެ ކަމަށެވެ.

އަދި ރައީސް މުޢިއްޒު ފޮނުއްވި ހޫނު ތަހުނިޔާއާއި ހެޔޮއެދުންތައް އިޙްތިރާމާއެކު ބަލައިގަންނަވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ، މި ދުވަހަކީ މިނިވަންކަމާއި، ޑިމޮކްރަސީ އަދި ހެޔޮވެރިކަމުގެ އުސޫލުތައް ނެގެހެއްޓުމަށް އިންޑިޔާގެ ރައްޔިތުން ވެފައިވާ ވަރުގަދަ އަޒުމް ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.