މާލީ ވުޒާރާ-
ހަބަރު
27 Jan 2026 | 13:59
ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް އާ އުސޫލެއް ކަނޑައަޅައިފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކޮށް، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރާ އެއްގޮތަށް، 'ޝަރުޢީ ދާއިރާގެ ގުޅުންހުރި މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު' މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު ޝާއިއުކޮށްފިއެވެ.

މި އުސޫލަކީ ޝަރުޢީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓްކުރުމަށްޓަކައި ޚާއްޞަ އޮނިގަނޑެއް އެކަށައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މި އުސޫލުގެ ސަބަބުން، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމާއެކު، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ އިންތިޒާމުތަކަށް މަގުފަހިވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. 

މި އުސޫލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި؛ 

ބަޖެޓް ކަނޑައެޅުމާއި އާމްދަނީގެ އިންސައްތަ

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާއަށް ބޭނުންވާ ފައިސާ ހިމަނަންޖެހެއެވެ. އަދި ކޮންމެ އަހަރެއް ފެށުމުގައި، ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން %2 ޝަރުޢީ ދާއިރާއަށް ކަނޑައަޅަންވާނެއެވެ. މި މިންވަރު ހިސާބުކުރުމުގައި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ އާމްދަނީއާއި އަލަށް ތަޢާރަފުކުރާ އާމްދަނީގެ ފިޔަވަޅުތަކުން ލިބޭ ފައިސާއެއް ނުހިމެނެއެވެ.

މާލީ މުޢާމަލާތްތަކާއި އެކައުންޓް ބެލެހެއްޓުން

ޝަރުޢީ ދާއިރާއަށް ދެވޭ 'ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް' އެހީ ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ހުޅުވާފައިވާ ޚާއްޞަ އެކައުންޓެއް މެދުވެރިކޮށެވެ. މި އެކައުންޓުން ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ހިންގަންވާނީ ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ. މީގެ ސަބަބުން މާލީ ކަންކަން ކޮންޓްރޯލްކުރުމާއި، ދައުލަތުގެ މައި ހިސާބުތަކާ އަޅާކިޔުން ފަސޭހަވެގެންދާނެއެވެ.

ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އިން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 30 ގެ ކުރިން ބަޖެޓް ތައްޔާރުކޮށް މާލީ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ. ބަޖެޓު ތަންފީޒުކުރުމުގެ ޒިންމާ މާލީ ޒިންމާދާރު ވެރިޔާ އުފުލަންޖެހޭއިރު، ކަނޑައެޅިފައިވާ ބަޖެޓުން ބޭރުން ޚަރަދެއް ކުރަންޖެހިއްޖެނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަންޖެހެއެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި ޕޭ ކޮމިޝަންގެ މިންގަނޑުތަކަށާއި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނަށް ޢަމަލުކުރަންޖެހެއެވެ. އަދި ކުއްޔާއި ބިލްތައް ފަދަ ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ހުރިކަން ކަށަވަރުނުކޮށް، އިތުރު ޚަރަދުތަކަކަށް ޒިންމާވެގެން ނުވާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ދެފުށް ފެންނަ ނިޒާމެއްމާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮންމެ މަހަކު ކުރެވޭ ޚަރަދުތަކުގެ ތަފުސީލު އެ މަސް ނިމުމުގެ ކުރިން އާންމުކުރަންޖެހެއެވެ. އަދި ޚަރަދުގެ ރިޕޯޓު ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން މާލީ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.