އެއާޕޯޓެއްގައި ނިޕާ ވައިރަހަށް ސްކްރީންކުރުމަށް ތައްޔާރީ ހާލަތުގައި.. ފޮޓޯ؛ އެސްޖީޖީޕީ
ހަބަރު
27 Jan 2026 | 21:03
ނިޕާ ވައިރަހުގެ ނުރައްކާ މިވަގުތު ރާއްޖެއަށް ކުޑަ: އެޗްޕީއޭ

އަވައްޓެރި އިންޑިއާއިން ނިޕާ ވައިރަހަށް ޕޮޒިޓިވް މީހުންތަކެއް ފެނުނު ނަމަވެސް އެ ވައިރަހުގެ ނުރައްކާ ރާއްޖެއަށް އަދި ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިންޑިއާގެ ވެސްޓް ބެންގޯލުން ނިޕާ ވައިރަހަށް ޕޮޒިޓިވްވި 3 މީހަކު ވަނީ ފެނިފައެވެ. މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވެސްޓް ބެންގޯލުން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ދމާވި 180 އަށްވުރެ ގިނަ މީހުން ދެނެގަނެވި އެމީހުން މިހާރު ކަރެންޓީނު ކުރެވިފައިވާ ކަަމަށެވެ. އެމީހުންގެ ހާލު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާއިރު، މި ބަލި ޖެހިގެން އިތުރު ބަޔަކު އެއްވެސް ސަރަހައްދަކުން އަދި އެއްވެސް ޤައުމަކުން މިހާތަނަށް ފެނިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަނަމަވެސް ހާލަތު ބަލައި މޮނިޓަރ ކުރަމުންދާކަމަށެވެ. އަދި މި ބައްޔާ ގުޅޭގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓްވި އެއްވެސް ފަރާތެއް އެޗްޕީއޭއަށް ރިޕޯޓްކޮށްފައިނުވާކަމަށެވެ. އެ އިދާރާއިން ވަނީ ވެސްޓް ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހިއްޖެ ހާލަތެއްގައި އެޅުމަށް ކަމާބެހޭ އިދާރާތަކާއި ސިއްހީ ހިދުމަތްތައްދޭ ތަންތަނާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ވެސްޓްބެންގާލް ސްޓޭޓުން ނިޕާ ވައިރަހުގެ ކޭސްތައް ފެނުމާ ގުޅިގެން އެ ސަރަހައްދުން އަންނަ މީހުން ޗެކްކުރުމުގެ މަސައްކަތް ބައެއް އެއާޕޯޓްތަކުން ވަނީ ފަށާފައެވެ. މީގެ ތެރޭގައި ނޭޕާލް، ތައިެލންޑް، ޓައިވާން، ހޮންކޮން އެއާޕޯޓް ހިމެނެއެވެެ

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.