އިންތިހާބެއްގައި ވޯޓުލަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
28 Jan 2026 | 09:41
ކައުންސިލް އިންތިޚާބަށް 1040 ފޯމު ބަލައިގަނެފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ހުށަހެޅި 1040 ފޯމު ބަލައިގަނެފިކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފިއެވެ. 

މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުގެ 852 ފޯމާއި، އަމިއްލަގޮތުން ލާފައިވާ 188 ފޯމެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކުން ހުށެހެޅި 142 ފޯމު އަދި އަމިއްލަގޮތުން ހުށަހެޅި 94 ފޯމު ބަލައިނުގަންނަ ކަމަށްވެސް އީސީސީއިން މައުލޫމާތުދީފައިވެއެވެ. އަދި ކެނޑިޑަސީ ގަބޫލުނުކުރުމުގެ ސަބަބުން ސިޔާސީ ޕާޓީތަކުން 84 އަދި އަމިއްލަގޮތުން 49، ޖުމުލަ 133 ފޯމު އަލުން ހުށަހަޅާފައިވާކަމަށްވެސް އެ ކޮމިށަނުން ހާމަކޮށްފައިވެއެވެ. 

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 817 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފައެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުގެ 692 ފޯމާއި، އަމިއްލަގޮތުންލީ 125 ފޯމެވެ. 

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދީފައިވާ ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ލާފައިވާ 161 ފޯމެއް ވަނީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުގެ 103 ފޯމާއި، އަމިއްލަގޮތުންލީ 58 ފޯމެވެ.

ކެންޑިޑަސީ ގަބޫލުނުކުރުމުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް، ސިޔާސީ ޕާޓިތަކުގެ 54 ފޯމާއި، އަމިއްލަގޮޮތުން ލާފައިވާ 32 ފޯމާއިއެކު، ޖުމުލަ 86 ފޯމުވަނި އަލުން ލާފައެވެ. 

ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ، މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ކޮމިޝަންގެ އެންމެފަހުގެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ އިންތިޚާބުގައި ވާދަކުރުމަށް 1،857 މީހެއްގެ ކެންޑިޑެސީ މިހާރު ވަނީ ގަބޫލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ކެންޑިޑެސީ ޤަބޫލުނުކުރާ މައިގަނޑު ސަބަބުތަކަކީ، ކުށާއި ދަރަނީގެ ރެކޯޑު އުމުރަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތުމުން ކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާ އޮތުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.