އެމްއެންޔޫއާއި ބީޔޫޕީ އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އެމްއެންޔޫ
ހަބަރު
28 Jan 2026 | 10:26
ދިރާސާ ކުރުމުގެ ދާއިރާ ކުރިއެރުވުމަށް އެމް.އެން.ޔޫ އާއި ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސްއާ ދެމެދު އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސް (ބީ.ޔޫ.ޕީ) އާ ދެމެދު ތަޢުލީމާއި ދިރާސާ ކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް ޕްރޮފެޝަނަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޗެއަރމަން، ލެފްޓިނަންޓް ކާނަލް މުޙައްމަދު ޝަފީޢުލް ޢާލަމެވެ.

އެމްްއެންޔޫއިން ބުނެފައިވާގޮތުން މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ މުއައްސަސާގެ ދެމެދުގައި ދަރިވަރުންނާއި، ފެކަލްޓީ މެންބަރުން އަދި ދިރާސާކުރާ ބޭފުޅުން ބަދަލުކުރުމުގެ ތެރެއިން ތަޢުލީމީ ފެންވަރު މަތިކޮށް، ގުޅުން ބަދަހިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ގުޅުންތައް، ޑިފެންސް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ، އަމާންކަމާއި ރައްކާތެރިކަން، ބިޒްނަސް މެނޭޖްމަންޓް، ތިމާވެށީގެ ދިރާސާތައް އަދި އިތުރު ދާއިރާތަކުން ދިރާސީ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީ ގުޅިގެން ހިންގާނެ ޙަރަކާތްތަކުގެ ތެރޭގައި ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި، ލެކްޗަރާސް ދިނުމާއި، ގުޅިފައިވާ ސެމިނާރުތަކާއި ވޯކްޝޮޕްތައް ބޭއްވުން ހިމެނެއެވެ. އަދި ކުރު ކޯސްތައް ހިންގުމާއި، ދިރާސީ މަސައްކަތްތަކާއި ޝާއިޢުކުރާ ލިޔުންތައް ހިއްސާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އެމްއެންޔޫއިން ބުނިގޮތުން، މި އެއްބަސްވުން ބިނާވެފައިވަނީ ދެ ފަރާތަށްމެ ފައިދާހުރި، މުއައްސަސާގެ އަގު ހިފެހެއްޓޭނެ ފަދަ ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށެވެ.

މި އިސްތިރާތީޖީ ބައިވެރިވުމަކީ މަތީ ތަޢުލީމު ކުރިއެރުވުމަށާއި، ދިރާސީ ދާއިރާއިން ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުލީމީ ގުޅުންތައް ވަރުގަދަކުރުމަށް އެމް.އެން.ޔޫ އާއި ބީ.ޔޫ.ޕީ އިން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަންވެސް އެމްއެންޔޫއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.