އެމްޑީޕީގެ އިސްވެރިން: ފޮަޓޯ/ އެމްޑީޕީ
ހަބަރު
28 Jan 2026 | 12:08
އިންތިޚާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދޭން އެމްޑީޕީން އެދިއްޖެ

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދޭން އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިންތިޚާބުގެ ކެންޕެއިން ތަރުޖަމާނު އަބްދުالله ވަހީދު (ވައްޑޭ) ވިދާޅުވީ، އިންތިޚާބަށް ކުށުގެ ރިކޯޑު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑަށް ލަސްތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ކުށުގެ ރިކޯޑް ސާފުކުރުމުގެ ކަންކަކަމާއި ގުޅުން ހުރި މުއައްސަސާތަކުން ޚާއްސަކޮށް ކަރެކްޝަނަލް ސާރވިސްއާއި ޖުޑީޝަލް ސާރވިސުން އަޅުގަނޑުމެންނަށް އިންތިހާއަށް ލަސްއެބަވޭ. އެތަންތަން މި އިންތިޚާބަށް ތައްޔާރުވެފަ އޮތްކަމަށް ލަފައެއް ނުކުރެވޭ. ވާން ޖެހޭ ތައްޔާރީތައް ވެފައޮތްކަމަކަށް ނުބެލެވޭ. އޭގެ ކޮންމެ ތަނަކުންވެސް ފޯމެއް ހުށަހެޅުމަށްފަހުގަ 3 ދުވަސް 4 ދުވަސް ނޫނީ 5 ދުވަސް އެބަވޭ.

އެމްޑީޕީ ކެންޕެއިން ތަރުޖަމާނު އަބްދުالله ވަހީދު (ވައްޑޭ)

ވައްޑޭ އިތުރަށް ވިދާޅުވީ، ކުށުގެ ރިކޯޑް ސާފުކުރުމަށް ދިމާވާ ލަސްތަކުގެ އިތުރުން، އީފާސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ފޯމު ރިޖެކްޓްވެ، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅަން ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އިންތިޚާބަށް ފޯމު ލުމަށްޓަކައި މިއޮތީ 16 ދުވަހުގެ މުއްދަތެއް ދީފައި އޮތްކަމަށްވާއިރުގަ، 4 ދުވަސް 5 ދުވަސް އަޅުގަނޑުމެން މި ކުށުގެ ރިކޯޑް ސާފުކުރުމަށް ދޫކޮށްފައި ދެން ބާކީ މިއޮތް ދުވަސްތަކުގެ ތެރޭ އިލެކްޝަންސްއަށް ފޯމު ހުށަހަޅާއިރުގަ އިލެކްޝަނުން މިހާރު އީފަސް މެދުވެރިކޮށް ހުށަހަޅާއިރުގަ ކޮންމެސް ކަހަލަ މައްސަލައެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންނަށް އެފޯމް ރިޖެކްޓްވެއްޖެ ކަމަށް އެބައަންގާ"

އެމްޑީޕީ ކެންޕެއިން ތަރުޖަމާނު އަބްދުالله ވަހީދު (ވައްޑޭ)

ވައްޑޭ ވިދާޅުވީ، އިންތިޚާބަށް ވާދަކުރަން ފޯމު ހުށަހަޅަން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގައި އޮންލައިންކޮށް ފޯމު ހުށަހެޅޭގޮތަށް އޮތުމަކީ ގިނަ ކެންޑިޑޭޓުން ތަކެއްގެ އިންތިޚާބީ ހައްގު ނިގުޅައިގަނެވޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

”އެހެންވީމާ، އަޅުގަނޑުމެން ވަރަށް އިޚްލާސްތެރި ކަމާއެކު އިލެކްޝަނަށް ދަންނަވަން އޮތީ، އިންތިހާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންގެ ފަރާތުން އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ޖެހޭނީ އަޅުގަނޑުމެންގެ ހުރި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އެ ހައްގު ހޯދަން މަސައްކަތް ކުރަން“ ވައްޑޭ ވިދާޅުވިއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވައްޑޭ ވަނީ އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމަށް ލުއިފަސޭހަ ކޮށްދީ ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ތުހުމަތުތައް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.