ދަރިވަރުންތަކެއް ސުކޫލުގައި-- ފޮޓޯ/ ވޮއިސް
ހަބަރު
28 Jan 2026 | 12:45
8،218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ފަށައިފި

8,218 ދަރިވަރުންނާއިއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މިއަދު ފަށައިފިއެވެ.

މި އިމްތިހާނު ފަށާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އެސްއެސްސީ އިމްތިހާނާއެކުގައެވެ.

އެގޮތުން، މިއަދު އޮތީ ދިވެހި މާއްދާގެ އިމްތިހާނެވެ.

މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށްދާކަމަށް ތައުލީމީ ވުޒާރާއިން މައުލުމާތުދެއެވެ. އެއީ މާލޭގެ 21 ސެންޓަރަކާއި، އަތޮޅުތަކުގެ 246 ސެންޓަރެވެ.

މި އިމްތިހާންތައް ކުރިއަށްދާނީ އަންނަ މާޗު މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ. 

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ބޮޑު ބަންދަކަށްފަހު 80،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ އިއްޔެއެވެ. އެއާއިއެކު މިއަދު މިވަނީ ފެބްރުއަރީ މާޗްގެ އޯލެވެލް ހަދަންފަށާފައެވެ. މިދިޔަ އަހަރު މި އިމްތިހާނުތައް ހަދާފައިވަނީ އޭޕްރިލް މަހާއި މޭ މަހުގައެވެ. އަދި މި އަހަރުގެ ނޮވެންބަރު މަހުވެސް އޯލެވެލް އިމްތިހާނު ހަދާނެއެވެ. 

އިއްޔެ ދެއްވި ޚިތާބެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ، އޯލެވެލްގެ އެސްއެސްސީ އިމްތިހާނަށް ޤުރުއާން މާއްދާ ކިޔަވައިދޭން ފަށައި، އަންނަ އަހަރުން ފެށިގެން އެ މާއްދާއިން އިމްތިހާނު ބާއްވަން ނިންމާފައި ވާކަމަށް ވެސް އިއުލާނުކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.