އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާން އުމަރު: ފޮޓޯ/އަލްޖަޒީރާ
ދުނިޔެ
28 Jan 2026 | 14:40
އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާންއަށް އަމާޒުކޮށް ގޮތް ނޭނގޭ ދިޔާ އެއްޗެއް ޖަހައި ހަމަލާދީފި

މިނެސޯޓާގެ މިނިއަޕޮލިސްގައި ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާން އުމަރަށް ގޮތް ނޭނގޭ ދިޔާ އެއްޗަކުން މީހަކު ހަމަލާދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) އުވާލުމަށް ގޮވާލައްވައި އިލްހާން ވާހަކަދައްކަވަމުން ގެންދަވަނިކޮށެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިލްހާނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށް، ދައުވާ އުފުލާފައެވެ.

ސީ-ސްޕޭން (C-SPAN) އިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އިލްހާން ޕޯޑިއަމް ކައިރީގައި ހުންނަވައި އައި.ސީ.އީ އުވާލުމަށާއި، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުން ގެންދަވަނިކޮށް، މީހަކު ދުވެފައި އައިސް އޭނާއަށް ހަމަލާދެއެވެ. އެ މީހާ އިލްހާނަށް ހަމަލާދީފައިވަނީ ސިރިންޖެއް ބޭނުންކޮށްގެން ކަޅު ކުލައިގެ ދިޔާ އެއްޗެއް ޖަހައިގެންނެވެ. ހަމަލާދިން ވަގުތު އެ މީހާ "ކަލޭ އިސްތިއުފާ ދޭންޖެހޭނެ" ކަމަށް ބުނާ އަޑު އިވެއެވެ.

މި ހަމަލާއަށްފަހު އިލްހާން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި، މިފަދަ ހަމަލާތަކުން އޭނާ ބިރު ނުގަންނާނެ ކަމަށެވެ. އަދި މިނެސޯޓާގެ ރައްޔިތުންނަކީ ވަރުގަދަ ބައެއް ކަމަށާއި، ކޮންމެ ފަދަ ހުރަހަކާ ކުރިމަތިލާން ޖެހުނަސް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިނިއަޕޮލިސްގެ މޭޔަރު ޖޭކޮބް ފްރޭ ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ހަރުކަށި އަމަލުތަކަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި ސައުތު ކެރޮލައިނާގެ މެންބަރު ނޭންސީ މޭސް ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ.

އިލްހާން އުމަރަކީ ސޯމާލިއާއަށް އުފަން، އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި ފުރަތަމަ ދެ މުސްލިމް އަންހެނުންގެ ތެރެއިން އެކަކެވެ. އޭނާއަކީ އިޒްރޭލުން ގާޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުއްލަވާ، އަދި ހިޖުރަވެރިންގެ ހައްގުތަކަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. މި ސަބަބުތަކަށްޓަކައި އެމެރިކާގެ ކޮންޒަވޭޓިވް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަބަދުވެސް އަމާޒުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.