ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ކިމް ކެއޮން-ހީ-- ފޮޓޯ/ އޭޕީ
ދުނިޔެ
28 Jan 2026 | 00:31
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ރިޝްވަތުގެ މައްސަލައެއްގައި 20 މަހަށް ޖަލަށް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކިމް ކެއޮން-ހީ، ރިޝްވަތު ހިފުމުގެ ކުށުގައި 1 އަހަރާއި 8 މަސްދުވަހަށް ޖަލަށްލުމަށް ސޯލްގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މިއަދު ކުރި މި ޙުކުމުގައި ބަޔާންކޮށްފައިވަނީ، މަޤާމުން ވަކިކޮށްފައިވާ ކުރީގެ ރައީސް ޔޫންގެ އަނބިކަނބަލުން، "ޔުނިފިކޭޝަން ޗާޗް" ގެ އޮފިޝަލުންގެ އަތުން އަގުބޮޑު ހަދިޔާތައް ހޯއްދަވައި، ސިޔާސީ ނުފޫޒު ބޭނުންކުރައްވާފައިވާކަން ސާބިތުވާ ކަމަށެވެ. 

ކިމް އާއި ދެކޮޅަށް ޕްރޮސެކިއުޓަރުން އެދިފައިވަނީ ހުރިހާ ދަޢުވާތަކަކަށް ޖުމްލަ 15 އަހަރުގެ ޖަލު ޙުކުމަކާއި ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމަށެވެ. ނަމަވެސް، ކޯޓުން ޙުކުމް ކުރީ ހަމައެކަނި ރިޝްވަތުގެ މައްސަލައިގައެވެ. ސަބަބަކީ ޑިޒައިނަރ ބްރޭންޑްތަކުގެ މުދަލާއި އެހެނިހެން އަގުބޮޑު ތަކެތި ކިމް ބައްލަވައިގެންފައިވާކަން ސާބިތުވި ނަމަވެސް، ޕްރޮސެކިއުޓަރުން ހުށަހެޅި އެހެން ބައެއް ދަޢުވާތައް ސާބިތުވާވަރަށް ހެކި ލިބިފައިނުވާތީކަމަށް އެގައުމުގެ ކޯޓުން ބުނެއެވެ. އެގޮތުން، ހިއްސާގެ ބާޒާރުގެ އަގުތަކަށް ނުފޫޒު ފޯރުވުމާއި، ސިޔާސީ ފަންޑުތަކާ ގުޅޭ ޤާނޫނުތަކާ ޚިލާފުވި ކަމަށް ބުނާ ދަޢުވާތަކުން އެކަމަނާ ވަނީ ބަރީއަކޮށްފައެވެ.

މި މައްސަލައަކީ ކުރީގެ ރައީސް ޔޫންގެ ދައުރުގައާއި އޭގެ ފަހުން އެ ދެމަފިރިންނަށް އަމާޒުވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން އެއް މައްސަލައެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސްކަރީ ޤާނޫނު ހިންގަން އުޅެ ނާކާމިޔާބުވުމާ ގުޅިގެން، 2025 ވަނަ އަހަރު ޔޫން ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި އެކަމާ ގުޅުންހުރި މައްސަލަތަކުގައި އޭނާގެ މައްޗަށް މިހާރުވެސް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، އިތުރު މައްސަލަތަކުގެ ޝަރީޢަތްތައް ވެސް ދަނީ ހިނގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.