މާލެ ސަރަހައްދުގެ ރެސްޓޯރެންޓެއް.. ފޮޓޯ: ވޮއިސް
ހަބަރު
28 Jan 2026 | 18:43
ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގަމުން އަންނަ ފީތައް ކުޑަކޮށްފި

ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގަމުން އަންނަ ފީތައް އެމްއެފްޑީއޭއިން ކުޑަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ، ކާބޯތަކެތީގެ  ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް އަމަލުކުރަމުންގެންދާ ޤަވާއިދުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގައި އެ އިދާރާއިން ނަގަމުންގެންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. 

އެމްއެފްޑީއޭއިން މި ފީތައް ކުޑަކުރުމަށް ނިންމާފައިވަނީ ދެ އަހަރުދުވަހުގެ ނިޔަލަށެވެ. ފީތައް ކުޑަކޮށްފައިވަނީ، ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީގެ 50 އިންސައްތައެވެ.

ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި މިހާތަނަށް ނަގަމުން އައިސްފައިވަނީ،  500 ރުފިޔާއެވެ. މި ފީ ނަގަނީ އަހަރަކު އެއްފަހަރެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލއިސަންސް ދިނުމަށް ނަގާ އަހަރީ ފީތަކަށް ބަލާއިރު، ބަދިގެއާއެކު ސަރވިން އޭރިއާއަށް 2،000 ރުފިޔާގެ ފީއެއް ނަގައެވެ. އަދި ސީޓިން 50 ގޮނޑިއަށްވުރެ އިތުރުވާނަމަ ކޮންމެ 50 ގޮނޑިއަކަށް 100 ރުފިޔާގެ ފީއެއް ނަގައެވެ. 

- ބަތްޕާރުސަލް ހަދައިގެން ވިއްކާ ތަންތަން/ޓޭކްއަވޭ: 2،000 ރުފިޔާ

- ވިޔަފާރީގެ އުސޫލުން ކާބޯތަކެތި ހަދާ ބަދިގެތައް: 2،000 ރުފިޔާ

- ހެދިކާ ހަދާ ތަންތަން: 2،000 ރުފިޔާ

- ޖޫސްފަދަ ޑްރިންކްސް ވިއްކާ ތަންތަން: 2،000 ރުފިޔާ

- މަގުމަތީ ކާނާ ވިއްކާ ގާޑިއާ ފަދަ ތަންތަން: 500 ރުފިޔާ

މީގެ އިތުރުން ހުއްދަ ދީފައިވާ ތަންތަނުން ކުރެ ތަނެއްގެ ލައިސަންސް ގެއްލިއްޖެނަމަ އައު ލައިސަންސެއް އަލުން ހެއްދުމާއި އަދި ހަލާކުވެގެން އައު ކުރާނަމަ ގަވާއިދުގައި އޮންނަގޮތުން ލައިސަންސް ފީގެ 50 އިންސައްތަ ނަގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.