އެމްއޭސީއެލްއިން މީގެ ކުރިން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއްގެ ތެރެއިން: ފޮޓޯ/ އެމްއާެސީއެލް
ހަބަރު
29 Jan 2026 | 11:08
އެމްއޭސީއެލްއިން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ބޮޑު ޕްރޮގްރާމެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 31 އަދި ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. މި ހަރަކާތް ކުރިއަށް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނަމަވެސް، މި އަހަރުގެ ހަރަކާތް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީއައިއޭގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، އެކި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށްވެސް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމް މިގޮތަށް ބަދަލުކުރުމުގެ މައިގަނޑު މަގުސަދަކީ، މި ދުވަސްވަރު ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އެކަމަށް އެހީތެރިވުމެވެ. އަދި ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ ލޭ ލިބުން އާދަޔާ ހިލާފަށް ދަތިވާ ދުވަސްވަރަކަށް ވާތީ، ރޯދަ މަހުގެ ކުރިން ބްލަޑް ބޭންކް ރިޒާވް އިތުރުކުރުމަށް އެހީތެރިވުމަކީވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެމްއޭސީއެލް އިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.