ޓެކްސީއެއް: ފޮޓޯ/ ވޮއިސް
ހަބަރު
29 Jan 2026 | 13:47
މީގެ ފަހުން، އެޕެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭ ނަމަ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ

މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭ ނަމަ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން މަޖުބޫރުކޮށް، ޓެކްސީ ގަވާއިދު އިސްލާހުކޮށްފި އެވެ.

ޓެކްސީ ގަވައިދު އިސްލާހުކޮށް އިއްޔެ ގެޒެޓު ކޮށްފައިވާއިރު، އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ.

އޭގައި ބުނެފައިވާގޮތުން ޓެކްސީ ސެންޓަރު ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރު ފިޔަވައި އެހެން ވަސީލަތެއް މެދުވެރިކޮށް ދަތުރު ހަމަޖެއްސުމުގެ ޚިދުމަތް ދޭން ގަސްތުކުރާ ނަމަ، އެފަދަ ޚިދުމަތެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

އެހެން ވަސީލަތްތަކިގެ ގޮތުގައި ގަވާއިދުގައި ފާހަގަކޮށްފައިވަނީ ވެބްސައިޓް، އޮންލައިން ޕޯޓަލް ނުވަތަ މޯބައިލް އެޕްލިކޭޝަން އެވެ.

ގަވާއިދުގައި ވާގޮތުން، މިނިސްޓްރީގެ ހުއްދަ ލިބިފައިނުވާ އެއްވެސް ވަސީލަތެއް މެދުވެރިކޮށް، އެ ޚިދުމަތް ދިނުމަކީ، މަނާ ކަމެކެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ، އެ ހުއްދަ ހޯދައިގެން ޑިޖިޓަލް ހިދުމަތް ދިނުމަކީ ހިދުމަތް ދޭ ޑްރައިވަރުން ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރެއް ކަމަށެވެ.

މީގެ އިތުރުން، ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކަައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް މަދުކޮށްފައިވާއިރު، ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ އާ އިސްލާހާއެކު ފަހިވެގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.